Last Updated:
10 year 7 month ago

ދިވެހި ޕްރިމިއާ ލީގު: ނިއު 1-0 ޔުނައިޓެޑް ވިކްޓަރީ

    ބުލޮގު ޚުލާސާ

    އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓަރީ ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ.

    ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅޭ މެޗަށް ނުކުންނައިރު:

    • ލީގުގައި ނިއު ރޭޑިއަންޓް ކުޅުނު ފުރަތަމަ މެޗުގައި 3-2 ލަނޑުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު އަތުން ވަނީ ބަލިވެފައި.

    • ލީގުގައި ޔުނައިޓެޑް ވިކްޓަރީ ކުޅުނު ފުރަތަމަ މެޗުގައި 5-2 ލަނޑުން ވިކްޓަރީ ސްޕޯޓްސް ކްލަބު އަތުން ވަނީ މޮޅުވެފައި.
    • ނިއު ރޭޑިއަންޓަކީ މިދިޔަ ސީޒަނުގެ ލީގުގެ ޗެމްޕިއަން. އަދި ޔުނައިޓެޑް ވިކްޓަރީއަކީ މިދިޔަ އަހަރުގެ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަނުންގެ ގޮތުގައި ފުރަތަމަ ޑިވިޝަނަށް އަލަށް ޕްރޮމޯޓުވި ޓީމެއް.
    23:02

    މެޗުގެ ދެވަނަ ހާފުގެ ކުޅުން ނިމިއްޖެ. މެޗު ނިމިގެންދިޔައީ 1-0 ލަނޑުން ނިއު ރޭޑިއަންޓް ކުރީގައި އޮވެގެން.

    22:57

    ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ފަސް މިނެޓުގެ ކުޅުން ދައްކައިފި.

    22:44

    ނިއުއިން ބަދަލެއް ގެނެސްފި. ސާދިންގެ ބަދަލުގައި ކުޅެން ނުކުތީ ފަރުހާދު އިސްމާއިލް (ފަރޭ).

    22:38

    ނިއުއަށް ލިބުނު ޕެނަލްޓީން ވެލިޗްކޯވް ފޮނުވާލި ހަމަލާ، ކީޕަރު މަހްމޫދު މަތަކުރި ނަމަވެސް ރީބައުންސް ބޯޅައިން ވެލިޗްކޯވް ވަނީ ޔުނައިޓެޑް ވިކްޓަރީގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައި.

    22:36

    70"- ނިއުއިން ލީޑު ހޯދައިފި.ނިއުއަށް މިލަނޑު ކާމިޔާބުކޮށްދިނީ ޑިފެންޑަރު ވެލިޗްކޯވް ވެލިޗްކޯ މިޓްކޯވް.

    22:34

    68"- ޔުނައިޓެޑް ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ހަމްޒާއަށް ކުރި ފައުލަކާ ގުޅިގެން މަޒުހަރަށް ރީނދޫ ކާޑެއް ދައްކައި، ނިއުއަށް ޕެނަލްޓީއެއް ދީފި.

    22:26

    ނިޔާ ދިން ބޯޅަ ހަމްޒާއަށް ރަނގަޅަށް ކޮންޓްރޯލް ނުވުމުގެ ސަބަބުން ޔުނައިޓެޑް ވިކްޓަރީއަށް މާބޮޑު ނުރައްކަލަކާ ކުރިމައްޗެއް ނުވި. ޔުނައިޓެޑް ވިކްޓަރީގެ ޑިފެންޑަރުން ވަނީ އެ ބޯޅަ ދިފާއުކޮށްފައި.

    22:25

    ނިއުއިން ބަދަލެއް ގެނެސްފި. ރިލްވާންގެ ބަދަލުގައި ކުޅެން ނުކުތީ އަހްމަދު ސުހައިލް (ބަންޕުޗް).

    22:23

    ޔުނައިޓެޑް ވިކްޓަރީން އިތުރު ބަދަލެއް ގެނެސްފި. ސަފްރާޒްގެ ބަދަލުގައި ކުޅެން ނުކުތީ އަލީ ހައިޝަމް.

    22:20

    ޔުނައިޓެޑް ވިކްޓަރީން ބަދަލެއް ގެނެސްފި. ނާވީގެ ބަދަލުގައި ކުޅެން ނުކުތީ އަހުސަން ނައީމް.

    22:12

    މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި. ދެވަނަ ހާފުގެ ކުޅުން ފެށީ ނިއުއިން.

    21:56

    މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިއްޖެ. ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެން.

    21:45

    38"- ނާވީއަށް ކުރި ފައުލަކާ ގުޅިގެން ނިޔާއަށް ރީނދޫ ކާޑެއް ދައްކައި، ޔުނައިޓެޑް ވިކްޓަރީއަށް ހިލޭ ޖެހުމެއް ދީފި.

    21:40

    34"- ޔުނައިޓެޑް ވިކްޓަރީއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިއްޖެ. ބޯޅަ ހިފައިގެން ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު ކެރިޗް އުފެއްދި ހަމަލާ އަމާޒުވީ ކީޕަރު ސުލޭމާނާއާ ދިމާލަށް.

    21:38

    32"- ނިއުއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިއްޖެ. ޔުނައިޓެޑް ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އިއްޒަތު އުފެއްދި ހަމަލާ ބްލޮކްވުމާއެކު ލިބުނު ރީބައުންސް ބޯޅައިން ސާދިން އުފެއްދި ހަމަލާ ދިޔައީ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށް.

    21:26

    20"- ނިއުއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިއްޖެ. ބެންޖޯ ނަގައިދިން ހުރަހަކުން ޔުނައިޓެޑް ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި، އިއްޒަތު އުފެއްދި ހަމަލާ ދިޔައީ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށް. އޭނާއަށް ބޯޅަ ލިބުނުއިރު، ޔުނައިޓެޑް ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރީ ވަރަށް ހުސްކޮށް.

    21:24

    މެޗުގެ 15 މިނެޓުގެ ކުޅުން ނިމުނުއިރު ވެސް ރަނގަޅު ހަމަލާއެއް ދެޓީމުންކުރެ އެއްވެސް ޓީމަކަށް އުފެއްދިފައެއް ނުވޭ. ނަމަވެސް އެންމެ ފަހުގެ ޗެމްޕިއަން ނިއު ކައިރީ ޔުނައިޓެޑް ވިކްޓަރީން ރަނގަޅު ކުޅުމެއް ދައްކާފައިވޭ.

    21:19

    13"- ޔުނައިޓެޑް ވިކްޓަރީއަށް ލިބުނު ހިލޭ ޖެހުމަކުން ރަފީނާ ނަގައިދިން ހުރަހުން ކެރިޗް ބޮލުން އުފެއްދި ހަމަލާގައި ބާރެއް ނެތް. އެ ބޯޅަ ކީޕަރު ސުލޭމާނާ ވަނީ ފަސޭހަކަމާއެކު ހޯދާފައި.

    21:16

    މެޗުގެ ދިހަ މިނެޓުގެ ކުޅުން ނިމުނުއިރު، ދެ ޓީމަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ނުލިބޭ.

    21:06

    މެޗުގެ ކުޅުން ފަށައިފި. ކުޅުން ފެށީ ޔުނައިޓެޑް ވިކްޓަރީން.

    21:00

    ޔުނައިޓެޑް ވިކްޓަރީގެ ފުރަތަމަ 11:

    • މަހްމޫދު އަލް ޔޫސުފް - ގޯލްކީޕަރު

    • މަޒުހަރު އަބްދުﷲ
    • މުހައްމަދު ނަޒާމް
    • ރަފައެލް ބެތިމް މާޓް
    • އިބްރާހިމް ސަފްރާޒް
    • ހުސައިން ޝިމާޒް (ކޮކީ) - ކެޕްޓަން
    • ނާވީ މުހައްމަދު
    • ކެރިޗް އަންދްރޭޖް
    • ވުކޮބްރަޓް ޑޯޑޭ
    • އަލީ ނަވާއު
    • މޫސާ ހަސަން
    20:57

    ނިއު ރޭޑިއަންޓްގެ ފުރަތަމަ 11:

    • އަބޫ ސުލޭމާނާ - ގޯލްކީޕަރު

    • ވެލިޗްކޯވް ވެލިޗްކޯ މިޓްކޯވް
    • ހަމްޒާ މުހައްމަދު (ހަމްޕު)
    • ރިލްވާން ވަހީދު (ރިލޭ)
    • އިއްޒަތު އަބްދުލް ބާރީ
    • އަހްމަދު ނިޔާޒް (ނިޔާ)
    • އަބްދުﷲ ހަނީފް (ބެންޖޯ)
    • އަހްމަދު ނުހާދު
    • މުހައްމަދު ރަޝީދު (ހޮކޭ) - ކެޕްޓަން
    • އަވޮނިޔީ ސެގުން މައިކަލް
    • މުހައްމަދު ސާދިން އަބްދުލް ހަންނާނު