Last Updated: 10 year 7 month ago
Last Updated:
10 year 7 month ago
ދިވެހި ޕްރިމިއާ ލީގު: މާޒިޔާ 1-0 ބީޖީ ސްޕޯޓްސް
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ބީޖީ ސްޕޯޓްސް ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅޭ މެޗަށް މާޒިޔާއާއި ބީޖީ ނުކުންނައިރު:
ލީގުގައި މާޒިޔާ ކުޅުނު ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އަތުން 3-2 ލަނޑުން ވަނީ މޮޅުވެފައި.
- ލީގުގައި ބީޖީ ކުޅުނު ފުރަތަމަ މެޗުގައި ކްލަބު ވެލެންސިއާ އަތުން 3-0 ލަނޑުން ވަނީ ބަލިވެފައި.
- މިދިޔަ ސީޒަނުގެ ލީގު މާޒިޔާއިން ހަތަރު ވަނައިގައި އޮވެ ނިންމާލި އިރު، ބީޖީން ލީގު ނިންމާލީ ހަތް ވަނައިގައި އޮވެ.
- މިދިޔަ ސީޒަނުގެ ލީގުގެ ފުރަތަމަ ބުރުގައި މާޒިޔާ އާއި ބީޖީ ބައްދަލުކުރި މެޗު 2-2 ލަނޑުން އެއްވަރުވެގެން ނިމުނު އިރު، ދެވަނަ ބުރުގައި ކުޅުނު މެޗުން ބީޖީ މޮޅުވެފައިވަނީ 1-0 ލަނޑުން.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ނިމިއްޖެ. މެޗު ނިމިގެންދިޔައީ 1-0 ލަނޑުން މާޒިޔާ ކުރީގައި އޮވެގެން.
87"- ނަތީޖާ ހަމަހަމަކޮށްލުމަށް ބީޖީއަށް ހުސް ފުރުސަތެއް ލިބިއްޖެ. މާޒިޔާގެ ފަހަތުން ހެދި ގޯހެއްގެ ފައިދާ ނަގައި، މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުސްކޮށް ހުރި ހަމްދާންއަށް ވިސާމް ބޯޅައެއް ދިން ނަމަވެސް، ހަމްދާންގެ ފައިގައި ބޯޅަ ލައްވާލައިފައެއް ނުވޭ.
86"- މާޒިޔާއަށް ލަނޑުޖަހާނެ އިތުރު ފުރުސަތެއް ލިބިއްޖެ. ބީޖީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އީސައަށް ލިބުނު ފުރުސަތުން އުފެއްދި ހަމަލާ، ކީޕަރު ސާގިބް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފަ.
83"- މާޒިޔާއަށް ލަނޑުޖަހާނެ ހުސް ފުރުސަތެއް ލިބިއްޖެ. ބީޖީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އުމައިރުއަށް ލިބުނު ހުސް ފުރުސަތުން އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ. އޭރު ބީޖީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރީ ބީޖީގެ ކީޕަރު ސާގިބުގެ އިތުރު އެއް ޑިފެންޑަރު.
81"- ބީޖީއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިއްޖެ. ބީޖީއަށް ލިބުނު ހިލޭ ޖެހުމަކުން ކިންގްސްލީ އުފެއްދި ހަމަލާ، ކީޕަރު އިމްރާން ވަނީ މަތަކޮށްފަ. އިމްރާން މަތަކުރުމާއެކު، ހުރަސްދަނޑީގައި ޖެހިފައި ނުކުތް ބޯޅައިން ފުރުސަތެއް ލިބުނު ނަމަވެސް، ބީޖީގެ ކުޅުންތެރިންނަށް އެ ފުރުސަތުގެ ބޭނުން ހިިފިފައެއް ނުވޭ.
ބީޖީގެ ފަހު ބަދަލު ގެނެސްފި. އިބްރާހިމް ޝިޔާމްގެ ބަދަލުގައި ކުޅެން ނުކުތީ އަބްދުﷲ ޒިޔަން.
މާޒިޔާގެ ފަހު ބަދަލު ގެނެސްފި. އިމާޒުގެ ބަދަލުގައި ކުޅެން ނުކުތީ މުހައްމަދު އުމައިރު.
ބީޖީއިން ބަދަލެއް ގެނެސްފި. އަފްސަލްގެ ބަދަލުގައި ކުޅެން ނުކުތީ އަހްމަދު އުސާމް.
މާޒިޔާއިން ބަދަލެއް ގެނެސްފި. ޔަސްފާދުގެ ބަދަލުގައި ކުޅެން ނުކުތީ ޔާމީން މޫސާ (ޔާމްބެ).
69"- މާޒިޔާއަށް ލަނޑުޖަހާނެ ފުރުސަތެއް ލިބިއްޖެ. ސަމްދޫހު ނަގައިދިން ހުރަސް، ކީަރު ސާގިބް ދިފާއުކުރުމާއެކު ލިބުނު ބޯޅައިން ބޮކުރީ އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ.
66"- ބީޖީއިން ބަދަލެއް ގެނެސްފި. ޖައިލަމްގެ ބަދަލުގައި ކުޅެން ނުކުތީ އިބްރާހިމް ހަމްދާން.
59"- މާޒިޔާގެ ޕެނަލްޓީ އޭރިޔާ ބޭރުން ޑެނިއެލްއަށް ކުރި ފައުލަކާ ގުޅިގެން ޒިވްކޯއަށް ރީނދޫ ކާޑެއް ދައްކައި، ބީޖީއަށް ހިލޭ ޖެހުމެއް ދީފި.
މާޒިޔާއިން ދެވަނަ ހާފަށް ކުޅެން ނުކުމެފައިވަނީ ބަދަލަކާއެކު. ނާޝިދުގެ ބަދަލުގައި ކުޅެން ނުކުމެފައިވަނީ ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ).
46"- ބީޖީއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިއްޖެ. އަފްސަލް ދިން ބޯޅައަކުން މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ޑެނިއެލް އުފެއްދި ހަމަލާ، ކީޕަރު އިމްރާން ވަނީ މަތަކޮށްފަ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި. ދެވަނަ ހާފު ފެށީ މާޒިޔާއިން.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިއްޖެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން މާޒިޔާ ކުރީގައި އޮވެގެން.
44"- ބީޖީއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިއްޖެ. މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރޭގެ އަރިމަތިން އަފްސަލް އުފެއްދި ހަމަލާ، ދިޔައީ މާޒިޔާ ގޯލުގެ ކުރިމަތިން ހުރަސްވެގެން.
35"- ބީޖީއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިއްޖެ. މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ކިންގްސްލީއަށް ލިބުނު ފުރުސަތަކުން އޭނާ އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ. އޭނާ އެ ހަމަލާ އުފެއްދި އިރު، ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރީ ވަރަށް ހުސްކޮށް.
31"- މާޒިޔާއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިއްޖެ. މާޒިޔާއަށް ލިބުނު ކޯނަރަކުން ނައްޓޭ ނަގައިދިން ހުރަހަކުން އަމްދާން ބޮލުން އުފެއްދި ހަމަލާ، ބީޖީ ގޯލުގެ ލައިނު މަތިން ޑެނިއެލް ވަނީ ދިފާއުކޮށްފަ.
އަސައްކޮއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، ބީޖީގެ ޑިފެންޑަރުން ކައިރިން ނައްޓާލަން އުޅުމުގެ ތެރޭގައި އޭނާ އަތުން ބީޖީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ވަނީ ބޯޅަ ގެއްލިފައި.
24"- މާޒިޔާއަށް ލަނޑުޖަހާނެ އިތުރު ފުރުސަތެއް ލިބިއްޖެ. އީސަ ދިން ބޯޅައަކުން ޝިފާޒް ނަގައިދިން ހުރަހަކުން ބީޖީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި އިމާޒް ބޮލުން އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ.
23"- މާޒިޔާއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިއްޖެ. ސަމްދޫހު ނަގައިދިން ހުރަހަކުން ބީޖީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި، އަސަދުﷲ ބޮލުން އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށް.
އިސްމާއިލް އީސާ ދިން ރީތި ބޯޅައެއް ހިފައިގެން ބީޖީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އަސަދުﷲ އުފެއްދި ހަމަލާ ގޯލުގެ ތެރެއަށް ވަދެފައިވަނީ ހަނި އޭންގަލުން.
11"- މާޒިޔާއިން ލަނޑެއްޖަހައި، ލީޑު ހޯދައިފި.މާޒިޔާއަށް މި ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ).
9"- ބީޖީއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިއްޖެ. މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއިން އަފްލާހުއަށް ލިބުނު ފުރުސަތަކުން އޭނާ އުފެއްދި ހަމަލާ އަމާޒުވީ ކީޕަރު އިމްރާންއާ ދިމާލަށް.
2"- މާޒިޔާއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިއްޖެ. މާޒިޔާއަށް ލިބުނު ހިލޭ ޖެހުމަކުން އީސާ ނަގައިދިން ހުރަހަކުން ބީޖީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އިމާޒް ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށް.
މެޗުގެ ކުޅުން ފަށައިފި. ކުޅުން ފެށީ ބީޖީއިން.
ބީޖީ ސްޕޯޓްސްގެ ފުރަތަމަ 11:
- ހާނިފް ސާގިބް (ގޯލްކީޕަރު)
- މުހައްމަދު ނިޒާމް
- ހުސައިން އަފްސަލް
- މުހައްމަދު ސާބިގް
- މިގްދާދު ސައީދު
- އިބްރާހީމް އަފްލާހް
- ކިންގްސްލީ
- މުހައްމަދު ޖައިލަމް
- އަހްމަދު ޒުބައިރު
- އިބްރާހީމް ޝިޔާމް
- ޑެނިއެލް ފިލެމަން (ކެޕްޓަން)
މާޒިޔާގެ ފުރަތަމަ 11:
- އަމްދާން އަލީ
- ޒިފްކޯ ދިނޭވް
- އަހްމަދު އިމާޒް
- އަސަދުﷲ އަބްދުﷲ (ކެޕްޓަން)
- އިސްމާއީލް އީސާ
- އަހްމަދު ނާޝިދު
- އަސްހަދު ޢަލީ
- ސަމްދޫހު މުހައްމަދު
- ޔަސްފާދު ހަބީބު
- ހަސަން ޝިފާޒް
- އިމްރާން މުހައްމަދު (ގޯލްކީޕަރު)