04 May 2016, 10:05
ގ. ރަތްވިލާ ގޯޅީގައި ހުންނަ ވިއުނެޓް ކޮމްޕިއުޓާސް ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިގެން ވަދެ ވައްކަން ކޮށްފި އެވެ.
ފުލުހުން ބުނީ، އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ރޭ ދަންވަރު 03:48 ހާއިރު ކަމަށާއި އެ ފިހާރަ އަށް ވައްކަން ކުރަން ވަދެފައި ވަނީ ދޮރުގެ ބިއްލޫގަނޑުގެ ބޮޑު ބައެއް ތަޅާލައިގެން ކަމަށެވެ.
އެގޮތުން، އެ ފިހާރައިން ދެ ފޯނާއި ތިން ލެޕްޓޮޕް ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ، އެ މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އަދި އެ މައްސަލަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.