ލ. ގުރައިދޫ އިން އިންސާނެއްގެ ދުވަސްވީ ކަށިތަކެއް ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު އެ ފަޅުރަށުން އިންސާނެއްގެ ކަށިތަކެއް ފެނިގެން އެމައްސަލަ ބަލަމުން އަންނަ ކަމަށެވެ.

އެއީ ކޮންޖިންސެއްގެ ކާކުކަން އަދި ދެނެނުގަނެވޭއިރު އެއީ ދުވަސްވެފައިވާ ކަށިތަކެއްކަން އެނގޭ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން ބުނީ އެކަށިތައް ފެނިފައި ވަނީ އެ ރަށުގެ ގޮނޑުދޮށުން ކަމަށާއި ސާމްޕަލް ނެގުމަށް ފަހު އެކަށިތައް މިހާރު ވަޅުލާފައިވާ ކަމަށެވެ.