04 May 2016, 09:32
އިންސާނާގެ ހަށިގަނޑުގައިވާ އެންމެ ނާޒުކު އެއް ބަޔަކީ ހަންގަނޑެވެ. އިރުގެ ނުރައްކާތެރި ދޯދި ތަކުންނާއި ވިސްނާނުލާ ބޭނުން ކުރެވޭ ތަފާތު ވައްތަރުގެ ކާނާ އާއި ކްރީމްތަކުންވެސް ހަންގަނޑަށް ގެއްލުން ލިބެ އެވެ. ހަމައެއާއެކު، ހަށިގަނޑަށް ލިބެންވާވަރަށް ފެން ނުލިބުމުންވެސް ހަންގަނޑަށް ގެއްލުން ލިބެ އެވެ.
އޭގެ ސަބަބުން ހަމުގެ ދުޅަހެޔޮކަން ގެއްލެ އެވެ. ހަންގަނޑު ކުރަކިވެ ހަޑި ވެއެވެ. އަދި ކިތަންމެ ޒުވާން ނަމަވެސް އުމުރުން ދުވަސްވެފައިވާ ކަމަށް ދައްކަ އެވެ.
އެ ފަދަ ސަބަބު ތަކަށްޓައި ހަމުގެ ދުޅަހެޔޮކަން އިތުރު ކުރަން މަސައްކަތް ކުރަން ޖެހެއެވެ. ހަންގަނޑަށް ގެއްލުންދޭ ކަންތައްތަކުން ދުރުހެލިވާން ޖެހެ އެވެ. ގިނައިން ފެން ބޭނުން ކުރަން ޖެހެއެވެ. ހަމައެއާއެކު ހަންގަނޑަށް ފައިދާ ހުންނަ ތަފާތު ކާނާތަކާއި ބުއިންތައް ބޭނުން ކުރަން ޖެހެ އެވެ.
ހަމުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ ބައެއް ސްމޫތީސްތައް:
ހައި-އޮން-ސީ ސްމޫތީ
ބޭނުންވާ ތަކެތި:
ބޮޑު ދެ ކިވީ (ތޮށި މަށާފައި ކުދިކޮށް ކޮށާފައި)
- އެއް ސެލެރީ (ކުދިކޮށް ކޮށާފައި)
- އެެއް ޖޯޑު ކޭލް (ކުދިކޮށް ކޮށާފައި)
- ޖޯޑެއްގެ ދެބައި ކުޅައެއްބައި އޮރެންޖު
- ޖޯޑެއްގެ ދެބައި ކުޅައެއްބައި ސިލަންޓޯ ސްޕްރިންގްސް
- ޖޯޑެއްގެ ހަތަރު ބައިކުޅަ އެއްބައި އައިސް
ތައްޔާރު ކުރާނެ ގޮތް:
ހުރިހާ އެއްޗެއް އެއްކޮށްލުމަށްފަހު ފުނޑުކޮށްލާށެވެ.
މެންގޯ ސްމޫތީ
ބޭނުންވާ ތަކެތި:
ހަ އައިސް ކިއުބް
- އެއް މޭޒުމަތީ ސަމްސާ ލުނބޯ ޖޫސް
- އެއް މޭޒުމަތީ ސަމްސާ ހަކުރު
- ޖޯޑެއްގެ ހަތަރު ބައިކުޅަ އެއްބައި އަނބު
- ޖޯޑެއްގެ ހަތަރު ބައި ކުޅަ އެއްބައި އެވޮކާޑޯ
- ޖޯޑެއްގެ ދެ ބައިކުޅަ އެއްބައި އަނބު ޖޫސް
- ޖޯޑެއްގެ ހަތަރު ބައިކުޅަ އެއްބައި ފެޓް ފްރީ ވެނީލާ ޔޯގަޓު
ތައްޔާރު ކުރާނެ ގޮތް:
ހުރިހާ އެއްޗެއް އެއްކޮށްލާށެވެ. އެއަށްފަހު މިކްސަރުގައި ހިމުން ވާވަރަށް ފުނޑުކޮށްލާށެވެ.