ދ.ބަނޑިދޫ ބަނދަރު، ރައީސް އަބްދުﷲ ޔާމީން މިއަދު ރަސްމީކޮށް ހުޅުވައި ދެއްވައިފި އެވެ.

ދެހާސް އަށް ވަނަ އަހަރު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ހަދަން ފަށައި، ވެރިކަން ބަދަލުވުމުން މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު އެ މަޝްރޫއު އަލުން ފަށާފައި ވަނީ 2014 ވަނަ އަހަރު އެވެ.

ސަރުކާރުގެ ބަޖެޓުން 52 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އެމްޓީސީސީ އާ ހަވާލުކޮށްގެން ހަދައި ނިންމާފައި ވަނީ 1000 ފޫޓު ދިގު 300 ފޫޓު ފުޅާ ބަނދަރެކެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި އެރަށުގައި އަޅަން ފެށީ 500 ފޫޓު ދިގު 250 ފޫޓު ފުޅާ ބަނދަރެކެވެ. ނަމަވެސް ބަނދަރު ބޮޑުކޮށްފައި ވަނީ ރަށު ކައުންސިލާއި މަޝްވަރާ ކުރުމަށް ފަހު ބަނދަރު ބޮޑުކުރުން މުހިންމުކަމަށް ފެނުމުންނެވެ.