03 May 2016, 13:36
ދ. މާއެނބޫދޫގައި ހެދި ފުރަތަމަ ބަނދަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުޅުވައިދެއްވައިފި އެވެ.
ދެހާސް ތޭރަވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި ހަވާލުކުރި މާއެނބޫދޫ ބަނދަރު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދިޔައީ ސަސް-އީ ސެނޮކް ޖޮއިންޓް ވެންޗާއިންނެވެ. އެ ރަށުގައި ހަދާފައި ވަނީ ރަށުގެ އުތުރުން 800 ފޫޓު ދިގު 220 ފޫޓު ފުޅާ ބަނދަރެކެވެ.
މާއެނބޫދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން 190 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓެއް ވެސް ވަނީ ލައިފަ އެވެ. އަދި އެ މަޝްރޫއުގެ ދަށުން 158 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓެއް ވެސް ވަނީ ޖަހައިފަ އެވެ. އެ ބަނދަރަކީ ފަޅު އަދި ނެރު މެދުދިޔަ އިން ތިން މީޓަރު ފުނަށް ކޮނެފައިވާ ބަނދަރެކެވެ.