03 May 2016, 10:08
ދ. މީދޫ ބިން ހިއްކުން ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވަޑައިގެން، އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައިފި އެވެ.
ރައީސް ޔާމީން މީދުއަށް ވަޑައިގަތުމުން އެމަނިކުފާނަށް ވަނީ އެރަށުން ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.
މީދޫގެ ބިން ހިއްކައި ނިންމާފައިވާއިރު ކުރިން އެ ރަށުގެ ބިމުގެ ބޮޑު މިނަކީ 11 ހެކްޓަރެވެ. އަދި ފަހުން ވަނީ 17 ހެކްޓަރުގެ ބިން ހިއްކައިފައެވެ. ފަހުން ހިއްކި 17 ހެކްޓަރުގެ ބިމާއި އެކު މިހާރު މީދޫ ބިމުގެ ބޮޑު މިނަކީ 28.5 ހެކްޓަރެވެ.
މީދޫގައި ބިން ހިއްކާފައި ވަނީ ބަނދަރު ފިޔަވައި ރަށް ވަށައިގެންވާ ސަރަހައްދުގަ އެވެ. އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތަށް ވަނީ 12.5 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.
މީދޫގައި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާއިރު ރިވެޓުމަންޓު ޖެހުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. ރިވެޓުމަންޓުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ދެ ފޭހަކަށް ބަހާލައިގެން ނެވެ.
އެންމެ ފުރަތަމަ ފޭހުގެ ތެރޭގައި އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ހެވީ ފޯސްއާ އެވެ. އަދި ފޭސް ދޭއްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ރާއްޖެއިން ބޭރުގެ ކުންފުންޏެއް ކަމަށްވާ ހޯގާޑު ކުންފުންޏާ އެވެ.
ރިވެޓުމަންޓު ޖެހުމުގެ މަސައްކަތަށް ދައުލަތުގެ ބަޖެޓުން ވަނީ 27 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.
މީދޫ އަކީ އާބާދީގައި 1364 މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ.