03 May 2016, 02:03
އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީން ޓޮޓެންހަމް ހޮޓްސްޕާ ހިފެހެއްޓުމާއެކު މި ސީޒަނުގެ ލީގު ޗެމްޕިއަންކަން ލެސްޓާ ސިޓީއަށް ކަށަވަރުވެއްޖެ އެވެ.
ޗެލްސީގެ އަމިއްލަ ދަނޑު، ސްޓެމްފަޑް ބްރިޖްގައި މިރޭ ކުޅުނު މެޗުގައި ޓޮޓެންހަމްއިން ދެ ލަނޑު ޖަހާފައި ވަނިކޮށް، ޗެލްސީއިން ވަނީ ދެ ލަނޑު ކާމިޔާބުކޮށް ނަތީޖާ ހަމަކޮށްފަ އެވެ. އެ މެޗު ނިމިގެންދިޔައީ 2-2 ލަނޑުން އެއްވަރުވެގެންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި ޓޮޓެންހަމް ހޮޓްސްޕާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 2-2 ލަނޑުން އެއްވަރުވުމާ ގުޅިގެން ލެސްޓާއަށް ވަނީ ލީގު ޗެމްޕިއަންކަން ކަށަވަރުވެފައި --- ފޮޓޯ: އޭޕީ
އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީން ޓޮޓެންހަމް ހޮޓްސްޕާ ހިފެހެއްޓުމުން މި ސީޒަނުގެ ލީގު ޗެމްޕިއަންކަން ލެސްޓާ ސިޓީއަށް ކަށަވަރުވެއްޖެ އެވެ.
ޗެލްސީގެ އަމިއްލަ ދަނޑު، ސްޓެމްފަޑް ބްރިޖްގައި މިރޭ ކުޅުނު މެޗުގައި ޓޮޓެންހަމްއިން ދެ ލަނޑު ޖަހާފައި ވަނިކޮށް، ޗެލްސީއިން ވަނީ ދެ ލަނޑު ކާމިޔާބުކޮށް ނަތީޖާ ހަމަކޮށްފަ އެވެ. އެ މެޗު ނިމިގެންދިޔައީ 2-2 ލަނޑުން އެއްވަރުވެގެންނެވެ.
އެ ނަތީޖާއާއެކު ލެސްޓާއަށް ލީގު ކަށަވަރުވެފައިވަނީ ބާކީ ދެ މެޗު އޮއްވަ އެވެ. ލީގުގެ އެއް ވަނައިގައި އޮތް ލެސްޓާއަށް 36 މެޗުން 77 ޕޮއިންޓް ލިބިފައިވާ އިރު، ޓޮޓެންހަމް ހޮޓްސްޕާއަށް 36 މެޗުން ލިބިފައިވަނީ 70 ޕޮއިންޓެވެ. މިއީ ދިހަ އަހަރަށްފަހު، މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގަށް ޕްރޮމޯޓުވި ލެސްޓާއިން ޕްރިމިއާ ލީގު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި ޓޮޓެންހަމް ހޮޓްސްޕާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 2-2 ލަނޑުން އެއްވަރުވުމާ ގުޅިގެން ލެސްޓާއަށް ވަނީ ލީގު ޗެމްޕިއަންކަން ކަށަވަރުވެފައި --- ފޮޓޯ: އޭޕީ
މެޗުގެ ފުރަތަމަ ހާފުގައި ޓޮޓެންހަމްއިން ދެ ލަނޑުގެ ލީޑެއް ނެގި އެވެ. ޓޮޓެންހަމްގެ ފަރާތުން ފެނުނު އެ ދެ ލަނޑު ފެނިގެންދިޔައީ ފުރަތަމަ ހާފު ނިމެން ދިހަ މިނެޓަށް ވެފައި ވަނިކޮށެވެ.
ޓޮޓެންހަމްގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ މެޗުގެ 35 ވަނަ މިނެޓުގައެވެ. ޓޮޓެންހަމްގެ އާޖެންޓީނާ މިޑްފީލްޑަރު ދިން ރީތި ބޯޅައަކުން ޓޮޓެންހަމްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އިނގިރޭސި ފޯވަޑް ހެރީ ކޭން އެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް، ޓޮޓެނަހްމްއިން ވަނީ ލީޑު ފުޅާކޮށްފަ އެވެ. ޗެލްސީގެ ޑިފެންޑަރު ބަރަނިސްލާވް އިވަނޮވިޗްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ކްރިސްޓިއަން އެރިކްސަން ދިން ބޯޅައަކުން ޓޮޓެނަހްމްއަށް ލީޑު ފުޅާކޮށްދިނީ ހުއެން މިން ސޮން އެވެ.
މެޗުގެ ދެވަނަ ހާފުގައި ޗެލްސީން ވަނީ ކުޅުން ރަނގަޅުކޮށް، ޓޮޓެންހަމް ޕްރެޝަރަށް ވައްޓާލައިފަ އެވެ. ދެވަނަ ހާފުގައި ޕެޑްރޯ ރޮޑްރިގޭޒްގެ ބަދަލުގައި އެޑެން ހަޒާޑް ކުޅެން ނުކުތުމާއެކު ޗެލްސީގެ ފަރާތުން އަވަސް ކުޅުމެއް ފެނިގެންދިޔަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި ޓޮޓެންހަމް ހޮޓްސްޕާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 2-2 ލަނޑުން އެއްވަރުވުމާ ގުޅިގެން ލެސްޓާއަށް ވަނީ ލީގު ޗެމްޕިއަންކަން ކަށަވަރުވެފައި --- ފޮޓޯ: އޭޕީ
މެޗުގައި ޗެލްސީގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ 58 ވަނަ މިނެޓުގައެވެ. ބްރެޒިލް މިޑްފީލްޑަރު ވިލިއަން ނަގައިދިން ހުރަހަކުން ޗެލްސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އިނގިރޭސި ޑިފެންޑަރު ގޭރީ ކޭހިލް އެވެ. އެ ލަނޑަށްފަހު، ޓޮޓެންހަމް އިތުރަށް ޕްރެޝަރަށް ވެއްޓުނު ތަން ފެނިގެންދިޔަ އެވެ.
މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް، ޗެލްސީން ވަނީ އިތުރު ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. މެޗުގެ 83 ވަނަ މިނެޓުގައި ޑިއެގޯ ކޮސްޓާ ދިން ބޯޅައަކުން ޗެލްސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފުގައި ކުޅެން ނުކުތް ހަޒާޑެވެ.
އެ ލަނޑަށްފަހު މެޗުގެ ވާދަވަރިކަން ބޮޑުވެގެންދިޔަ އެވެ. އެގޮތުން ޓޮޓެންހަމް ކުޅުންތެރިންގެ ފަރާތުން ގިނަ ފައުލްތަކެއް ފެނިގެންދިޔަ އެވެ. މެޗުގައި ޓޮޓެންހަމްއިން ޖުމްލަ 20 ފައުލް ކުރިއިރު، އެ ޓީމުގެ ނުވަ ކުޅުންތެރިޔަކަށް ރީނދޫ ކާޑު ދައްކާފައިވެ އެވެ.