03 May 2016, 02:26
މޯލްޑިވިއަން އައިޑަލްގެ ޖަޖް، އަހުމަދު އިބްރާހީމް (އައްމަޑޭ) އަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.
މިރޭ މޯލްޑިވިއަން އައިޑަލްގެ ގްރޭންޑް ފިނާލޭ ޝޯ ކުރިއަށް ދަނިކޮށް އައްމަޑޭ ހޮސްޕިޓަލަށް ގެންދިޔައީ ވެސް ފުލުހުންގެ ވެހިކަލެއްގަ އެވެ.
އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ސަން އަށް ވިދާޅުވީ މިރޭ އައްމަޑޭ އެ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަ ކަމަށެވެ.
އައްމަޑޭ ހޮސްޕިޓަލަށް ގެންދިޔައީ ހޭނެތިގެން ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވީނަމަވެސް އައްފާލް ވަނީ އެކަން ދޮގުކުރައްވައިފައެވެ.
"އައްމަޑޭ ހޮސްޕިޓަލަށް ގެނެސް ފަރުވާދެމުން ގެންދަނީ. ޕޭޝަންޓާ ގުޅޭ އިތުރު މައުލޫމާތުތައް އަޅުގަނޑުމެންނަށް ހާމައެއް ނުކުރެވޭނެ. އެކަމަކު ހޮސްޕިޓަލަށް ގެނައީ ހޭނެތިގެނެއް ނޫން،" އައްފާލް ވިދާޅުވި އެވެ.
އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ކީއްވެގެން ކަން އަދި ވަނީ ސާފުވާގޮތް ނުވެފަ އެވެ.