02 May 2016, 16:13
މޯލްޑިވްސް ބްރޯޑުކާސްޓިންގް ކޮމިޝަން(އެމްބީސީ)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މުހައްމަދު ނާސިހު މިއަދު ހަމަޖައްސައިފި އެވެ.
ނާސިހު އަކީ ޓެލެކޮމިއުނިކޭޝަނާއި ބްރޯޑުކާސްޓިންގް ދާއިރާގައި 17 އަހަރަށް ވުރެ ދިގު މުއްދަތެއްގައި މަސައްކަތްކުރައްވާފައިވާ އަދި އިލެކްޓްރޯނިކް އެންޖިނިއަރިންގެ ދާއިރާއިން މާސްޓާރސް ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެއް ކަމަށް އެމްބީސީ އިން ބުންޏެވެ.
ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލް ކަމަށް ނާސިހު ހަމަޖެއްސީ އެ މަގާމަށް ކުރިމަތިލި ފަރާތްތަކާ ކުރެވުނު އިންޓަވިއުގައި އެންމެ މަތިން މާކްސް ހޯދާފައިވާތީ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.
ނާސިހު މީގެކުރިން ހުންނެވީ ކޮމިޝަންގެ ޑިރެކްޓަރު ޖެނެރަލް، އެންޖިނިއަރިންގް އެންޑް މޮނިޓަރިންގެ މަގާމުގަ އެވެ.
ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ނޫރާ އަލީ މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ މަގާމުން އިސްތިއުފާ ދެއްވާފައިވާތީ އެވެ.