ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ދ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.

ރައީސްގެ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަ ވާނީ ދ.ކުޑަހުވަދޫ އަށެވެ. އެ ރަށަށް ވަޑައިގެން އެރަށުގެ ބިން ހިއްކުމާއި މަގު ހެދުން ނިންމުމާއި ވާނީ ރައްޔިތުން ކުޑަހުވަދު އަށް ބަދަލުކުރުން ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އެއަށް ފަހު މާދަމާ އެމަނިކުފާނު އެ އަތޮޅު މީދޫއަށް ވަޑައިގެން އެ ރަށު ބިން ހިއްކުމާއި މާއެނބޫދޫ އާއި ބަނޑިދޫ ބަނދަރު ހުޅުއްވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ރައީސްގެ ދަތުރުފުޅުގައި އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދާއި، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް އަބްދުއްﷲ އަދި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.