ވޮޝިންޓަން(މޭ 2): ރައީސް ބަރަކް އޮބާމާގެ ދޮށީ ދަރިކަނބަލުން، މާލިއާ އޮބާމާ ތައުލީމު ހާސިލު ކުރައްވާނީ ބައްޕާފުޅާއި މަންމާފުޅުވެސް ތައުލީމު ހާސިލު ކުރެއްވި ހާވާޑް ޔުނިވާސިޓީން ކަމަށް ވައިޓް ހައުސްއިން ބުނެފި އެވެ.

ވައިޓް ހައުސްއިން އާއްމު ކުރި ބަޔާނެއްގައިވާ ގޮތުން، ހާވާޑް ލޯ ސްކޫލުން މާލިއާ ތައުލީމު ހާސިލު ކުރައްވަން ފައްޓަވާނީ އެއް އަހަރުގެ ޗުއްޓީއަކަށް ފަހު 2017 ވަނަ އަހަރު އެވެ.

ސަތާރަ އަހަރުގެ މާލިއާ އާއި ކޮއްކޮ، ސާޝާ މިހާރު ތައުލީމު ހާސިލު ކުރައްވަމުން ގެންދަވަނީ ސައިޑްވެލް ފްރެންޑްސް ކިޔާ މަޝްހޫރު ސްކޫލެއްގަ އެވެ.

ޖެނުއަރީ މަހު އޮބާމާ ވެރިކަމުން ފައިބާ ވަޑައިގަތުމަށް ފަހު، ސާޝާ ސްކޫލް ނިމެންދެން އެއާއިލާ ދިރިއުޅޭނީ ވޮޝިންޓަންގައި ކަމަށް އޮބާމާގެ އާއިލާއިން ވަނީ ބުނެފަ އެވެ. (ބީބީސީ)