ރަސްމީ ދަތުރުފުޅެއްގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ސުވިޒަލެންޑަށް ފުރާވަޑައިގެންފި އެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އިންޓަނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަން އިން އިންތިޒާމްކޮށްގެން ބާއްވާ "ވޯލްޑް ސަމިޓް އޮން އިންފޮމޭޝަން ސޮސައިޓީ"ގައި ބައިވެރިވުމުގެ ގޮތުން ސިވިޒަލެންޑުގެ ޖެނީވާ އަށް ފުރާވަޑައިގަންނަވާ ކަމަށެވެ.

އެ ބައްދަލުވުން އޮންނާނީ މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށެވެ.