02 May 2016, 12:30
މެދު ރާއްޖެތެރެ އާއި އުތުރުގެ އެކިހިސާބަށް މިއަދު ބޯކޮށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.
މެޓު އޮފީހުން ވަނީ މެދު ރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް ވައިޓް އެލާޓު ވެސް ނެރެފަ އެވެ.
މެޓް އޮފީހުން ބުނީ މެދު ރާއްޖެތެރެ އާއި އުތުރުގެ ބައެއް ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރެވެހުން އެކަށީގެންވާ ކަމަށާއި ދެކުނުގެ ބައެއްރަށްތަކަށް މެންދުރުފަހުން ގުގުރުމާ އެކު ކެރީގެ އަސަރުފޯރާނެ ކަމަށެވެ.
އެގޮތުން އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ކެރިގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ކެރިގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ އެވެ.