02 May 2016, 12:38
ރޯދަ މަހުގެ ހަރަކާތްތައް ކުރިއަށްގެންދާނެ ގޮތާ މެދު އިލްމުވެރިންގެ މަޝްވަރާ ހޯދެއްވުމަށް ދިވެހި އިލްމުވެރިންނާއި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރު ބައްދަލު ކުރައްވައިފި އެވެ.
މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ 30 ވަރަކަށް ދީނީ އިލްމުވެރިން ވަނީ ބައިވެރިވެފަ އެވެ. އެ ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރައްވާފައި ވަނީ މި އަހަރު ރޯދަ މަހު ދީނީ ކަންކަމަށް ރައްޔިތުން އަހުލުވެރިކޮށް ދީނީ ކަންކަން ކުރިއަށްގެންދާނެގޮތާ ގުޅޭ ގޮތުންނެވެ.
އެބައްދަލުވުމުގައި ވަނީ އިލްމުވެރިންގެ ހިޔާލު މިނިސްޓްރީއާ ހިއްސާކޮށްފަ އެވެ. ނަމަވެސް އެ ހިޔާލުތަކަކީ ކޮބައި ކަމެއް އެ މިނިސްޓްރީއަކުން ނުބުނެ އެވެ.
އެބައްދަލުކުރެއްވުމުގައި އިސްލާމިކް މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވި އެވެ.