02 May 2016, 02:07
ސަތޭކަ ސައުވީސް ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ޝަރަފުގެ ހިނގާލުމެއް ހުޅުމާލޭގައި ބާއްވައިފި އެވެ.

ސިފައިންގެ ދުވަހުގެ ހާއްސަ ޝަރަފުގެ ހިނގާލުމުގެ ތެރެއިން: ފޮޓޯ/ އެމްއެންޑީއެފް
ޝަރަފުގެ ހިނގާލުން ފެށިގެންދިޔައީ، ލަޝްކަރުގެ ކޮމާންޑަރ ލެފްޓިނަންޓް ކާނަލް އަޙުމަދު ޠޯހިރު ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރުގެ އަރިހުން ޝަރަފުގެ ހިނގާލުން ފެށުމުގެ ހުއްދައަށް އެދިވަޑައިގައިގަތުމަށްފަހު، ހިނގާލުން ކުރިއަށް ގެންދިއުމުގެ ހުއްދަ ޒަކަރިއްޔާ މަންސޫރު ދެއްވުމުން ނެވެ.

ސިފައިންގެ ދުވަހުގެ ހާއްސަ ޝަރަފުގެ ހިނގާލުމުގެ ތެރެއިން: ފޮޓޯ/ އެމްއެންޑީއެފް
ޝަރަފުގެ ހިނގާލުން ކުރިއަށްގެންގޮސްފައިވަނީ ހުޅުމާލޭގެ އެމްޕީއެލް ސަރަޙައްދުން ނުކުމެގެން އަސުރުމާ ހިނގުމުން އިރަށްގޮސް، ނިރޮޅުމަގަށް ނިކުމެ، ނިރޮޅުމަގުން އުތުރަށް ގޮސް، ފިނިފެންމާ ހިނގުމުން ހުޅަނގަށް އަޅައި، ފިނިފެންމާ ހިނގުމުން ފެރީ ޓާމިނަލް ކައިރިން ނެވެ. ހިނގާލުން ނިންމާލީވެސް އެ ހިނގާލުން ފެށި އެމްޕީއެލް ސަރަހައްދުން ނެވެ.

ސިފައިންގެ ދުވަހުގެ ހާއްސަ ޝަރަފުގެ ހިނގާލުމުގެ ތެރެއިން: ފޮޓޯ/ އެމްއެންޑީއެފް
ޝަރަފުގެ އެ ހިނގާލުމުގައި ހުޅުމާލޭގެ ތިން ސަރަހައްދެއްގައި މަޑުކޮށްފައިވެ އެވެ. ޝަރަފުގެ ހިނގާލުމުގައި ގިނަ އަދަދެއްގެ ސިފައިން ވަނީ ބައިވެރިވެފަ އެވެ. އަދި ހިނގާލުން ބަލާލުމަށް ހުޅުމާލޭގައި ދިރިއުޅޭ ގިނަ އާއްމުން މަގުތަކަށް ވަނީ ނުކުމެފަ އެވެ.