09 May 2011, 10:50
ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ޑީއެންއޭ ޑޭޓާ ބޭހެއް ގާއިމުކޮށް، ކުޑަކުދިންނަށް ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުމުގެ މަސައްކަތް މިހާރުން މިހާރަށް ފެށުމަށް އަމިއްލަ ޖަމިއްޔާއަކުން ގޮވާލައިފި އެވެ.
ޗައިލްޑް އެބިއުސިން ޕްރިވެންޝަން ސޮސައިޓީ (ކެޕްސް) އިން ނެރުނު ބަޔާނެއްގައި ބުނަނީ އެއް ދުވަހުން އަނެއް ދުވަހަށް ކުޑަކުދިންނަށް ކުރާ އަނިޔާތައް ރާއްޖޭގައި އިތުރުވެފައިވާ ކަމަށާއި އެކަން އެހެން ދިމާވެފައި ވަނީ އެފަދަ ކަންކަމަށް އޮތް ސިޔާސަތުތަކުގެ ދޯހަޅި ކަމުން ކަމަށެވެ.
ބަޔާނުގައި ބުނަނީ ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވަން އެއްވެސް ބަޔަކު އެކަށީގެންވާ މަސައްކަތް ނުކުރާނަމަ ރާއްޖޭގައި ހަރުދަނާ ޖީލެއް ނޫފޭދެނެ ކަމަށެވެ. އަދި ބުނަނީ އެފަދަ ކަންކަމާ ދެކޮޅަށް އަޑު އުފުލުމުގައި ވެސް އިހުމާލުވެފައިވާ ކަމަށެވެ.
"... ފޫޅު ދަނޑިއާއެކު ޓްރެކް ސަރަހައްދަށް އެއްލާލާފައިވާ ކުޑަކުއްޖާއާބެހޭ ގޮތުން ސަރުކާރުގެ އެއްވެސް ފަރަތާކުން އެއްވެސް ބަހެއް މިކަމުގައި ވިދާޅުވެފައި ނެތް ކަމީ މިއަދު ކުޑަކުދިންނަށް އިހުމާލުވެފައިވާ ލިސްޓްގައި އެބޭފުޅުން ވެސް ހިމެނޭ ކަމެއް ކަމުގައި މި ޖަމިއްޔާއިން ދެކެމެވެ،" ނޫސް ބަޔާނުގައި ވެއެވެ. " ... ސަރުކާރާއި އިދިކޮޅު ފަރާތްތަކަށް އަޅުގަނޑުމެން ގޮވައިލަން ބޭނުންވަނީ ހުރިހާ ބޭފުޅުން އެއްގަލަކަށް އަރާވަޑައިގެން ނަމަވެސް ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް މަސައްކަތްކުރެއްވުމަކީ މިއަދު ރާއްޖެގެ ވިންދު ކަމަށެވެ،"
ކުޑަކުދިންނަށް އަނިޔާ ކުރުމާ ދެކޮޅަށް، ރާއްޖޭގެ ރައްޔިތުންގެ ވިންދާ އެއް ގޮތަށް މަސައްކަތް ކުރުމަށް ހުރިހާ ފަރާތްތަކެއް ތެދުވުމަށް ވެސް ކެޕްސް އިން ވަނީ ގޮވާލާފަ އެވެ.
ކެޕްސްގެ ބަޔާނުގައި އެންމެ ބޮޑަށް ބާރު އަޅާފައި ވަނީ ރާއްޖޭގައި މަދަނަ އުފައްދާފައިވާ ގޮތަށް ހުރިހާ ރައްޔިތުންގެ ޑީއެންއޭ ޑޭޓާ ބޭސް އެއް ގާއިމު ކުރުމަށާއި އެފަދަ ވިއުގައެއް ގާއިމު ކޮށްފިނަމަ ކުޑަކުދިންނަށް ކުރާ އެކި ކަހަލަ އަނިޔާތައް ހުއްޓުވިދާނެ ކަމަށެވެ.
"... މިފަދަ މަރުގެ ހާދިސާތައް ހުއްޓުވުމަށް ބޭނުން ކަމުގައި ވަނީނަމަ މިފަދަ ޑޭޓާ ބޭސް އެއް ގާއިމު ކުރެވިގެން މެނުވީ ނުހުއްޓުވޭނެކަން ޔަގީނެވެ، ވީމާ މިހާރުން މިހާރަށް ސަރުކާރަށާއި ކަމާބެހޭ ދާއިރާތަކަށް ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ޑޭޓާބޭސްއެއް ގާއިމު ކުރުމުގެ މަސައްކަތް ކޮށްދެއްވާ މިފަދަ މައުސޫމު ތުއްތު ކުދިންނަށް ދެމުންދާ އަނިޔާތައް ހުއްޓުވަން ތެދުވަން މި ޖަމިއްޔާއިން ގޮވާލަމަވެ."