ޕެރޫ (މޭ 1): ދެކުނު އެމެރިކާގެ ޕެރޫ އާއި ކޮލަމްބިއާގެ ޗަރުކޭސްތަކެއްގައި އަނިޔާކޮށްފައިވާ 33 ސިންގާ ސަލާމަތްކޮށް ދެކުނު އެފްރިކާގައި ހުންނަ ޖަނަވާރު ހިމާޔަތްކޮށް ރައްކާތެރި ކުރާ ގުދުރަތީ މާހައުލަކަށް ބަދަލުކޮށްފި އެވެ.

މަތިންދާބޯޓެއްގެ ޒަރިއްޔާ އިން އެމެރިކާ އިން އެފްރިކާ އަށް ސިންގާ ގެންދިޔުމުގެ ހުރިހާ ހަރަދެއް ހަމަޖައްސާފައި ވަނީ ޖަނަވާރު ހިމާޔަތް ކުރުމަށް ގޮވާލާ ޖަމާއަތެއް ކަމަށްވާ އެނިމަލް ޑިފެންޑާސް އިންޓަނޭޝަނަލް (އޭޑީއައި) އިންނެވެ. ޕެރޫ އާއި ކޮލަމްބިއާގެ ޗަރުކޭސްތަކުގައި ޖަނަވާރު ބޭނުން ކުރުން މަނާ ކުރުމާ ދެކޮޅަށް އެގުރޫޕުން ވަނީ ގިނަ މަސައްކަތްތަކެއްކޮށްފަ އެވެ.

ރިޕޯޓުތަކުގައިވާ ގޮތުން ސަލާމަތްކުރި ސިންގާތަކުގެ ތެރެއިން ގިނަ ސިންގާތަކުގެ ވަކިތައް ވަނީ ކަނޑާލާފަ އެވެ. އަދި ބައެއް ސިންގާތަކުގެ ދަތްތަށް ބިންދާލާފައިވާ އިރު އެއް ސިންގާގެ ލޮލަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭގެ އެއް ލޮލުން ނުފެނެ އެވެ.

ޕެރޫ އާއި ކޮލަމްބިއާ އިން ވަނީ ޗަރުކޭސްތަކުގައި ޖަނަވާރު ބޭނުން ކުރުން މަނާކޮށްފަ އެވެ. އަދި މިހާރު އެފްރިކާއަށް ފޮނުވާލަނީ އެގައުމުގެ ޗަރުކޭސްތަކުގައި އެންމެ ފަހުން ތިބި ސިންގާތަކެވެ. (އެލްއޭޓައިމްސް)