01 May 2016, 14:25
ސިނަމޭލެ ފްލެޓްތައް ކައިރީ ހުންނަ ސިނަމަން ގާޑްން ރެސްޓޯރަންޓްގެ ބަދިގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ވަނީ ސާފުވާގޮތް ނުވެފަ އެވެ. އެމްއެންޑީއެފެގެ މީޑިއާ އޮފިސަރު މޭޖަ އަދުނާނު މުހައްމަދު މިއަދު ސަން އަށް ވިދާޅުވީ ސިނަމަން ގާޑްންގެ ބަދިގެއެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިއުއަށް ރިޕޯޓުކުރީ 1:30 އެހާކަންހާއިރު ކަމަށެވެ.

ސިނަމޭލެ ފްލެޓް ކައިރީ ހުންނަ ސިނަމަން ގާޑްންގެ ބަދިގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބައެއްތަކެއްޗަށް ގެއްލުންލިބިފައި -- ސަންފޮޓޯ -- އަބްދުﷲ ހަފީޒް
އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ސިނަމަން ގާޑްންގެ ބަދިގޭގައި ކަމަށް އަދުނާނު ވިދާޅުވި އެވެ. އަދި މިހާރު އަލިފާން ނިވާލާފައިވާ ކަމަށާއި ރޯވީ ކުޑަކޮށް ކަމުން މާބޮޑު ގެއްލުމެއް ލިބުނު ކަމަށް ނުބެލެވޭ ކަމަށް އަދުނާނު ވިދާޅުވި އެވެ.
ސިނަމަން ގާޑްންގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެތަނުގެ ބަދިގޭގައި ހުރި ބައެއް ކަބަޑުތައް ވަނީ އަލިފާނުގެ އަސަރުކޮށް ކޮންމެވެސް ވަރަކަށް އަނދައިފަ އެވެ. އަދި ހިފާ ގެންގުޅޭ ތަށި އަދި ތެލި ފަދަ ތަކެއްޗަށް ވަނީ އަލިފާނުގެ ސަބަބުން ވަރަށް ބޮޑަށް ގެއްލުން ވެފަ އެވެ.

ސިނަމޭލެ ފްލެޓް ކައިރީ ހުންނަ ސިނަމަން ގާޑްންގެ ބަދިގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބައެއްތަކެއްޗަށް ގެއްލުންލިބިފައި -- ސަންފޮޓޯ -- އަބްދުﷲ ހަފީޒް
މަންޒަރުދުށް މީހަކު 'ސަން' އަށް ބުނީ އަލިފާން ރޯވީ އެތަނުގައި ކައްކަން ގެންގުޅޭ އުނދުނެއްގައި ކަމަށާއި ވަރަށް އަވަހަށް އަލިފާން ނިވާލާފައިވާ ކަމަށެވެ.