19:00


އައްޑޫ އަތޮޅު ލިންކްރޯޑުން ބާރު ސްޕީޑެއްގައި ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލް ނުކުރެވިގެން ގޮސް، ރުކެއްގައި ޖެހި، އެ ރުއް ބިނދި، ކާރުގައި ތިބި ހަތަރު މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.


އައްޑޫ ޕޮލިސް ސްޓޭޝަނުން ބުނީ މިއަދު ހަވީރު 5:30 ހާއިރު ހިނގި އެ އެކްސިޑެންޓްގައި އަނިޔާވި ހަތަރު މީހުންނަކީ ކާރު ދުއްވަން އިން ސ. ފޭދޫ، ވޭވު، އުމުރުން 25 އަހަރުގެ މުހައްމަދު ޝިފާއު އާއި، ހިތަދޫ، ހެޕިނަސް، އުމުރުން 24 އަހަރުގެ މުހައްމަދު އަންޒުމާއި ހިތަދޫ، ވިދާރަންމުތްގޭ ހަސަން އަފްސީނާއި، އަދި ހިތަދޫ، ބުރުތުކާލް، އުމުރުން 20 އަހަރުގެ އަލީ ނަޝާތު ކަމަށެވެ. މިހަތަރު މީހުންގެ ތެރެއިން އެކަކށް އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް ވެސް އައްޑޫ ޕޮލިސް ސްޓޭޝަނުން ބުނެ އެވެ.


އައްޑޫ ޕޮލިސް ސްޓޭޝަނުން ބުނީ މިހާތަނަށް ބެލިބެލުމުން މި އެކްސިޑެންޓް ހިނގާފައި ވަނީ ހިތަދޫން ފޭދޫއަށް ބާރު ސްޕީޑެއްގައި ކާރު ދަނިކޮށް ކުނިކޮށްޓާ ދިމާލުގައި އޮންނަ ބެންޑާ ހަމައިން ކާރު ކޮންޓްރޯލްނުވެގެން ގޮސް ކަމަށެވެ.