29 Apr 2016, 17:40
ގއ.ދާންދޫ ގައި ޒުވާނަކު ދަންޖެހިގެން މަރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަން އަށް ވިދާޅުވީ ދަންޖެހިގެން މަރުވެފައި ވަނީ 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ދަންޖެހިފައި ހުއްޓާ ފެނުނީ އޭނާ ދިރިއުޅެމުން ދިޔަ ގޭގައި ކަމަށް އޮފިޝަލް ވަނީ ވިދާޅުވެފަ އެވެ.
އެ ހާދިސާ ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ 13:57 ހާއިރު ކަމަށާއި، ފުލުހުން މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ދާންދޫ ސިއްހީ މަރުކަޒުން ބުނީ އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ.
ދަންޖެހިގެން މަރުވެފައި ވަނީ އިބްރާހިމް އުމަރު ކިޔާ މީހެކެވެ.
ދާންދޫގައި މިއަދު ޒުވާނަކު ދަންޖެހިފައިވާއިރު، މިދިޔަ ހޯމަ ދުވަހު ފުވައްމުލަކުގައިވެސް 15 އަހަރުގެ އަންހެން ކުއްޖަކު ވަނީ ދަންޖެހިގެން މަރުވެފަ އެވެ.