28 Apr 2016, 19:33
އަސުސް ބްރޭންޑްގެ ރަތްކުލައިގެ ފޯނެއް ވަގަށްނެގި މީހަކު ދެމަހާ 12 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އަސުސް ފޯނު ވަގަށް ނަގައިގެން ޖަލަށް ލާން ހުކުމް ކުރީ ސ ހިތަދޫ، އަތިރިއާގެ މުހައްމަދު ސަލާހު ސިދުގީ އެވެ. ދައުލަތުން އޭނާގެ މައްޗަށް ވައްކަން ކުރުމުގެ ދައުވާ ކޮށްފައިވަނީ ފުލުހުން ބެލި އިރު އޭނާގެ ފަޓްލޫނުގެ ޖީބުން އެފޯނު ފެނިފައިވާތީ ކަމަށް ދައުވާގައި ވަނީ ބުނެފަ އެވެ.
އެމައްސަލާގައި ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ފުލުހުން ބަލައި ފާސްކުރިއިރު ސަލާހުގެ ޖީބުން އެފޯނު ފެނިފައިވާ ކަމަށާއި ނަމަވެސް އެފޯނު ލިބިފައިވަނީ ކިހިނެއްކަން އޭނާއަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. އެހެންކަމުން ވައްކަން ކުރުމުގެ ކުށުން ސަލާހު ސިދުގީ ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި ދެމަހާއި 12 ދުވަހަށް ޖަލަށް ލާން ހުކުމް ކުރީކަމަށް ހުކުމުގައިވެ އެވެ.
ސަލާހު ސިދުގީ ޖަލަށްލާން ހުކުމްކޮށްފައިވަނީ ގާނޫނުލްއުގޫބާތުގެ 211 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަމްބަރާއި 210 ވަނަ މާއްދާގެ (ށ)ގެ ފަސް ވަނަ ނަމްބަރާއި ހަވާލާދީ އެގާނޫނުގެ 1002 ވަނަ މާއްދާގެ ދަށުންނެވެ.