28 Apr 2016, 11:29
ހަށި ވިއްކާ ކަމުގެ މައުލޫމާތު ލިބިގެން މ. ގޯލްޑަން ވެލީ ގޭގައި ހިންގަމުންގެންދާ ބިއުޓީ އެންޑް ވެލްނެސް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފި އެވެ.
ފުލުހުން ބުނީ ބިއުޓީ އެންޑް ވެލްނެސް ބަލައި ފާސްކޮށްފައި ވަނީ ރޭ 7:00 ހާއިރު ކަމަށެވެ.
އަދި ފުލުހުން އެތަނަށް ވަތް އިރު އެތަނުގައި ތިބި ބައެއްގެ މައުލޫމާތު ސާފު ކުރުމަށް ފަހު އެމީހުން ވަނީ ދޫކޮށްލާފަ އެވެ. މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒްޑް ޑިޕާޓްމަންޓުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.