28 Apr 2016, 11:15
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި އެވެ.
ފުލުހުން ބުނީ، އިއްޔެ ދޫނިދޫގައި ނައްތާލާފައި ވަނީ 19 މައްސަލައަކާ ގުޅުން ހުރި ބަނގުރަލުގެ ބާވަތްތައް ކަމަށެވެ.
އެގޮތުން، އެކި ބްރޭންޑުތަކުގެ 333 ފުޅި ބަނގުރަލާއި 267 ދަޅު ބަނގުރާ ނައްތާލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި ބަނގުރާ ހުރި 24 ހަމާއި އެހެނިހެން ބާވަތްތަކުން 24 އެތި ނައްތާލާފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ، އެތަކެތި ނައްތާލާފައި ވަނީ އެކަމަށް ކަނޑައަޅާފައިވާ ކޮމިޓީއެއްގެ ބެލުމުގެ ދަށުން ކަމަށެވެ.