އަލެއްޕޯ (އޭޕްރިލް 28): ސީރިއާގެ އަލެއްޕޯގެ ހޮސްޕިޓަލަކަށް ސަރުކާރުގެ ފައުޖުތަކުން ދިން ވައިގެ ހަމަލާއެއްގައި 20 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ސީރިއާގެ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވާ ޖަމްއިއްޔާއެއް ކަމަށްވާ، ވައިޓް ހެލެމެޓްސް އިން ބުނެފި އެވެ.

އެހަމަލާގައި މަރުވި މީހުންގެ ތެރޭގައި އެއް އާއިލާއެއްގެ ފަސް މެމްބަރުންނާއި ޑެންޓިސްޓަކާއި ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ހިމެނޭ ކަމަށް ވައިޓް ހެލްމެޓްސް އިން ބުންޏެވެ. މަރުވި ޑޮކްޓަރަކީ އެސަރަހައްދުގައި ހުރި ހަމައެކަނި ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު ކަމަށް އޭއެފްޕީ އިން ރިޕޯޓު ކުރެ އެވެ.

ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ވަނީ ހަމަލާ ދީފައި ވަނީ ސަރުކާރުގެ ފައުޖުތަކަށް ނިސްބަތްވާ ބޯޓުތަކުން ކަން ކަށަވަރުކޮށްދީފަ އެވެ.

ހިލޭސާބަހަށް މަސަައްކަތް ކުރާ ފަރާތްތަކުން މިހާރު ދަނީ އިމާރާތުގެ ދަށުގައި ތާށިވެފައިި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތްކުރަމުންނެވެ.

ސީރިއާގެ ސަރުކާރާއި ސަރުކާރާ އިދިކޮޅު ފަރާތްތަކާ ދެމެދު 2011ގައި ފެށުނު ހަނގުރާމައިގައި މިހާތަނަށް 270،000 ރައްޔިތުން މަރުވެފައިވެ އެވެ. (އަލްޖަޒީރާ)