28 Apr 2016, 10:32
މޮނިކޮން އަމުރާ ޚިލާފުވި މީހަކު ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ބަހައްޓަން އަމުރުކޮށްފި އެވެ.
ފުލުހުން ބުނީ މޮނިކޮން އަމުރާ ޚިލާފުވުމުގެ ސަބަބުން އުމުރުން 18 އަހަރުގެ ގ. ޝާރާޒް، މުޙައްމަދު މަފާޒް ޙުސައިން ޝަރީއަތް ނިމެންދެން ޖަލުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އެދިވަޑައިގަތުމަށް ފުލުހުން ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން މޮނިކޮން އަމުރު ނެރެފައިވާ މީހުންނަކީ ރާއްޖޭގައި ބޮޑެތި ކުށްތަކެއް ތަކުރާރުކޮށް ކުރުމުގެ ސަބަބުން އެމީހުންގެ އަމަލުތަކުގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެފައިވާ ބައެކެވެ.
ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ 60 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން މޮނިކޮން އަމުރުގެ ދަށުން ފިޔަވަޅު އަޅާފައިވާ މީހަކު އެ އަމުރުގެ އެއްވެސް ފިޔަވަޅަކާއި ޚިލާފުވުމަކީ ޖިނާއީ ކުށެކެވެ. އެ ކުށެއްގެ އަދަބެއްގެ ގޮތުން ގިނަވެގެން 18 މަސްދުވަހަށް ގޭބަންދުކުރުން ނުވަތަ ޖަލަށް ލެވިދާނެއެވެ.
އެ އަމުރާ ޚިލާފު މީހެއްގެ މައްސަލަ ތަހުގީގުކޮށް ޝަރީއަތުން ގޮތެއް ނިމެންދެން އެމީހަކު ބަންދުގައި ބަހައްޓަން ފެނިގެން އެކަމަށް ލިޔުމަކުން ކޯޓުގައި އެދިއްޖެނަމަ ޝަރީއަތް ނިމެންދެން އެމީހަކު ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ނެރޭނެއެވެ.