28 Apr 2016, 01:08
ސިހުރު ހަދާ ކަމުގެ ތުހުމަތުގައި ހއ. އިހަވަންދޫ އިން ހައްޔަރު ކުރި ފިރިހެން މީހާގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި އެވެ.
އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހޯމަ ދުވަހުގެ ރޭ 19:20 އެހާކަންހާއިރު އެ ރަށުން ހައްޔަރުކޮށްފައި ވަނީ 55 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ އަކީ އެރަށު ސިއްހީ މަރުކަޒުގެ އިސް މަގާމެއްގައި ހުރި މީހެކެވެ.
އެމީހާ ދިރިއުޅޭ ގެއާއި މަސައްކަތް ކުރާ ތަން ކަމުގައިވާ އެރަށު ސިއްހީ މަރުކަޒު ބަލައި ފާސްކޮށް ސިހުރު ހަދަން ބޭނުންކުރާ ސާމާނުކަމަށް ބެލެވޭ އެއްޗެހިތަކެއް ވެސް ހޯދާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ހައްޔަރުކޮށްފައި ވަނީ ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި ފަރާތްކަމަށް މައުލޫމަތު ލިބެ އެވެ.