އިންޑޮނޭޝިޔާގެ ޔޮގްޔަކަޓާގައި ހުންނަ, ޔުނިވަސިޓަސް ގަދްޖާ މަޑާ (ޔޫޖީއެމް)ގެ ފެކަލްޓީ އޮފް މެޑިސިންގައި ހިންގާ އިންޓަނޭޝަނަލް މާސްޓަސް ޕްރޮގްރާމް އިން ޕަބްލިކް ހެލްތުގެ ދާއިރާ އިން ކިޔެވުމަށް ސްކޮލަޝިޕަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޑިޕާޓްމަންޓް އޮފް ހަޔާ އެޑިޔުކޭޝަން އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ދާއިރާ އިން ކިޔެވުމަށް 10 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ދެ އަހަރު ދުވަހުގެ ކޯސްތަކުގައި އަމިއްލަ ގޮތުން ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ވަނީ ސްކޮލަޝިޕަށް އެދުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

ސްކޮލަޝިޕަށް އެދުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ހުޅުވާލާފައިވާ އިރު، އެ ޕްރޮގްރާމްގެ ދަށުން ދިވެހި ރާއްޖޭގެ ކެނޑިޑޭޓަކަށް ފުރުސަތު ލިބިއްޖެ ނަމަ، ރާއްޖެ އަށް ހިދުމަތްކުރުމަށް ބޮންޑް ކުރެވޭނެ ކަމަށް އެޑިއުކޭޝަނުން ބުނެ އެވެ.