Last Updated:
10 year 7 month ago

އޭއެފްސީ ކަޕް: މާޒިޔާ 1-1 މޯހަން ބަގާން

    ބުލޮގު ޚުލާސާ

    އޭއެފްސީ ކަޕް 2016ގްރޫޕް "ޖީ"ގައި ހިމެނޭ ރާއްޖޭގެމާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާއި އިންޑިއާގެމޯހަން ބަގާންމިއަދު ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ!

    މިއަދުގެ މެޗަށް މި ދެޓީމު ނުކުންނައިރު:

    • މޯހަން ބަގާން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި މިހާރުވެސް ދެވަނަބުރުގެ ޖާގައެއް ކަށަވަރުކޮށްފައި.
    • ގްރޫޕް ސްޓޭޖްގައި މާޒިޔާއާ ދެކޮޅަށް އިންޑިއާގެ ގުވަހަތީގައި ކުޅުނު މެޗުން މޯހަން ބަގާން މޮޅުވީ 5-2 ލަނޑުން.
    • 4 ޕޮއިންޓާއެކު ގްރޫޕްގެ 3 ވަނައިގައި މިވަގުތު އޮތް މާޒިޔާއަށް މިއަދުގެ މެޗުން މޮޅުވެގެން، ދެވަނަ ބުރުން ޖާގައެއް ހޯދުމުގެ ފުރުސަތު ބޮޑުވެގެންދާނެ.
    18:03

    އޭއެފްސީ ކަޕް ގްރޫޕް ޖީ

    1. މޯހަން ބަގާން - 5 މެޗް - 11 ޕޮއިންޓް. (ދެވަނަ ބުރު ޔަގީން)
    2. ޔަންގޮން ޔުނައިޓެޑް - 4 މެޗް - 5 ޕޮއިންޓް.
    3. މާޒިޔާ ސްޕޯޓްސް- 5 މެޗު - 5 ޕޮއިންޓް.
    4. ސައުތު ޗައިނާ - 4 މެޗު - 3 ޕޮއިންޓް
    17:56

    މެޗު ނިމިއްޖެ.ޖޭޖޭގެ ލަނޑާއެކު މެޗު ނިމިގެން މިދިޔައީ މާޒިޔާ 1، މޯހަން ބަގާން 1.

    17:55

    "90+2-މޯހަން ބަގާން ނަތީޖާ ހަމަހަމަކޮށްފި.ލަނޑު ޖެހީ ޖޭޖޭ.

    17:52

    "90-ފަހު ހާފުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ގޮތުގައި 4 މިނެޓް ދީފި.

    17:47

    "85- ޖޭޖޭ ބޯޅަ ހިފައިގެން ގޮސް މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ ގޯލަށް ބޯޅަ ފޮނުވާލަން މަސައްކަތްކުރި ވަގުތު އަމްދާން އެ ބޯޅަ އަތުލުމަށްފަހު އަރިމަތިން ބޭރުކޮށްލީ.

    17:40

    "79- މޯހަން ބަގާނުން އަނެއްކާވެސް ބަދަލެއް. ގްލެންއަށް އަނިޔާ ވުމުގެ ސަބަބުން އޭނާގެ ބަދަލުގައި ކުޅެން އެރީ ސައުވިކް ޗަކްރަބަތީ.

    17:39

    "77- ވޯޓަރ ބްރޭކަށް ފަހު ކުޅުން އަލުން ފަށައިފި.

    17:37

    "75-ދެވަނަ ހާފްގައި ވެސް ވޯޓަރ ބްރޭކެއްދީފި.

    17:36

    "74- މޯހަން ބަގާން އިން ބަދަލެއް. ބިކްރަމްޖީތުގެ ބަދަލުގައި ކުޅެން އެރީ ލެނީ ރޮޑްރިގޭޒް

    17:34

    "73- މޯހަން ބަގާންގެ ގްލެންއަށް ރީނދޫ ކާޑެއް. އޭނާއަށް ކާޑު ދެއްކީ މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ބޯޅަ ހިފައިގެން ވަދެ އެޓީމު ކުޅުންތެރިއެއް ކައިރިން ނައްޓާލާފައި ދާންއުޅުމުގެ ތެރޭގައި އަމިއްލައަށް ވެއްޓިގަތުމުން.

    17:32

    "71- މާޒިޔާއިން އަނެއްކާވެސް ރަނގަޅު ހަމަލާއެއް. އުމޭރު ބޯޅަ ހިފައިގެން މޯހަން ބަގާންގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ އާއްކޮއަށް ޖައްސާލި ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު އާއްކޮ ދިނީ އީސައަށް. އީސަ ފޮނުވާލި ބޯޅަ ކީޕަރު މަތަކުރީ.

    17:30

    "68- މޯހަން ބަގާންއިން ބަދަލެއް. ސުބާޝް ސިންހުގެ ބަދަލުގައި ކުޅެން އެރީ ޕްރަބީރް ދާސް.

    17:28

    "66- މާޒިޔާއިން ބަދަލެއް. މުހައްމަދު އިރުފާންގެ ބަދަލުގައި ކުޅެން އެރީ މުހައްމަދު އުމޭރު.

    17:27

    މޯހަން ބަގާންގެ ޕެނަލޓީ އޭރިޔާ ތެރޭން އިސްމާއީލް އީސައަށް ލިބުނު ބޯޅަ އޭނާ ގޯލަށް ފޮނުވާލުމުން ކީޕަރުގެ އަތުގައި ޖެހިފައި ނުކުތްވަގުތު ބޯޅަ ލިބުނީ އަސައްކޮއަށް. އަސައްކޮށް ވަރަށް ރީތިކޮށް ގޯލްގެ ތިރީ ކަނަށް ބޯޅަ ފޮނުވާލީ.

    17:26

    "64-މާޒިޔާ ލަނޑު ޖަހައިފި.ލަނޑު ޖެހީ އަސަދުﷲ.

    17:20

    "59-ޔަސްފާދު ހަބީބަށް ރީނދޫ ކާޑެއް.އޭނާއަށް ރެފްރީ ރީނދޫ ކާޑެއް ދެއްކީ، މޯހަން ބަގާންގެ ކެޕްޓަން ކަޓްސުމީއަށް ފައުލުކުރުމުން.

    17:16

    އިސްމާއީލް އީސާ ކުޅެން އެރިފަހުން، މާޒިޔާގެ މެދު ތެރޭން ވަރަށް ރަނގަޅަށް ކުޅެ ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރާތަން މިހާރު އެބަ ފެނޭ.

    17:14

    "52- މާޒިޔާއަށް ރަނުގެ ފުރުސަތެއް. ބޮކުރީ މޯހަން ބަގާންގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅައަށް އަރައިހުރީ އީސައާއި އާއްކޮ. އެހެން ނަމަވެސް އެއިން އެއް ކުޅުންތެރިއަކަށް ވެސް ބޯޅަ ގޯލަށް ފޮނުވާލެވޭ ގޮތެއް ނުވި.

    17:12

    "50- މޯހަން ބަގާންއިން ނުރައްކާތެރި ހަމަލާއެއް. މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރޭން ގޯލަށް އަމާޒުކޮށް ގްލެން ފޮނުވާލި ބޯޅަ ކީޕަރު އިމްރާން އަތުގައި ޖެހިފައި ބޭރަށް ނުކުތް ވަގުތު ލިބުނީ، ޖޭޖޭއަށް. އެހެން ނަމަވެސް ޖޭޖޭއަށް އެ ބޯޅަ ގޯލަށް އަމާޒުކޮށެއް ނުލެވުނު.

    17:10

    "46- މާޒިޔާއިން މިވަނީ ބަދަލެއް ގެނެސްފައި. މޫސާ ޔާމީންގެ ބަދަލުގައި ކުޅެން އަރާފައި ވަނީ އިސްމާއީލް އީސާ

    17:06

    ދެވަނަ ހާފް ފަށައިފި.

    16:52

    ފުރަތަމަ ހާފް ނިމިއްޖެ.އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހޭ.

    16:50

    "45+2- އާއްކޮއަށް މޯހަން ބަގާން ޕެނަލްޓީ އޭރިޔާ ތެރޭން ލިބުނު ބޯޅަ ބޮކުރީއަށް ޖައްސާލުމުން އޭނާ ގޯލަށް ފޮނުވާލި ނަމަވެސް ބޯޅަ ދިޔައީ މާބޮޑަށް މަތިން ބޭރަށް.

    16:48

    "45- ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ގޮތުގައި 3 މިނިޓް.

    16:45

    "42- މާޒިޔާގެ ހަމަލާއެއް. މޯހަން ބަގާންގެ ޕެނަލްޓީ އޭރިޔާގެ އަރިމަތިން، ބޮކުރީ ވަރަށް ރީތިކޮށް ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ އަސައްކޮ ވަރަށް ހަމަޖެހިލާފައި ގޯލަށް ފޮނުވާލީ. އެހެން ނަމަވެސް ބޯޅަ އިދިކޮޅު ޓީމު ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ކޯނަރަކަށް ބޭރު.

    16:36

    "33-މޯހަން ބަގާންގެ ހަމަލާއެއް.މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއަށް މޯހަން ބަގާން ކުޅުންތެރީން ހުސްކޮށްލި ބޯޅަ އެޓީމުގެ ކޯނެލް ގްލެން ބޮލުން ޖަހައި ގޯލަށް ފޮނުވާލި. ނަމަވެސް ކީޕަރު އިމްރާން އަތުން ޖަހައި ބޯޅަ ކޯނަރަކަށް ބޭރުކޮށްލީ.

    16:35

    "31-ވޯޓަރ ބްރޭކަށް ފަހު މެޗު ފަށައިފި.

    16:33

    މެޗުގެ ވަރަށް ކުރީ ކޮޅުގައި މާޒިޔާ ޓީމުން ބަދަލެއް މި ގެނައީ، ޒިވްކޯއަށް ރީނދޫ ކާޑެއް ދައްކާފައި އޮތުމުން އޭނާއަށް އިތުރު ކާޑަކާއެކު ރަތްކާޑެއް ދައްކަފާނެ ކަމުގެ ބިރަށްޓަކައި ކަމަށް ބެލެވެނީ.

    16:33

    "30-ވޯޓަރ ބްރޭކެއް ދީފި.ވޯޓާ ބްރޭކް ދެނީ މެޗު ކުޅެމުން ދާ ވަގުތު މާބޮޑަށް ހޫނު ގަދަވުމުން.

    16:31

    "29-މާޒިޔާއިން ބަދަލެއް.ޒިވްކޯގެ ބަދަލުގައި ކުޅެން އެރީ އަލީ ސަމޫހް

    16:26

    "22- ބޮކުރީ، މޯހަން ބަގާންގެ ޕެނަލްޓީ އޭރިޔާތެރެއަށް ބޯޅަ ހިފައިގެން ވަދެ، އެޓީމުގެ ދެކުޅުންތެރިއަކު ކައިރިން ނައްޓުވާލުމަށްފަހު ބޯޅަ ގޯލަށް ފޮނުވާލެވޭތޯ މަސައްކަތްކުރި. އެހެން ނަމަވެސް ކީޕަރުގެ އަތުގައި ޖެހިފައި ބޯޅަ ދިޔައީ ކޯނަރަކަށް ބޭރަށް.

    16:24

    "21- މޯހަން ބަގާންގެ ބިކްރަމްޖީތަށް ރީނދޫ ކާޑެއް. އޭނާއަށް ކާޑު ދެއްކީ މާޒިޔާގެ ޔާމީން ބޯޅަ ހިފައިގެން މޯހަން ބަގާންގެ ހާފްތެރެއިން ދަނިކޮށް، ޔާމީނަށް ފައުލްކުރުމުން.

    16:22

    "19- މާޒިޔާގެ ޕެނަލްޓީ އޭރިޔާގެ އަރިމަތިން ގޯލަށް އަމާޒުކޮށް ޖޭޖޭ ފޮނުވާލި ބޯޅަ ކީޕަރު އިމްރާން މަތަކުރީ.

    16:20

    މާޒިޔާގެ ފުރަތަމަ 11:

    • އަމްދާން އަލީ
    • މުހައްމަދު އިރުފާން
    • ޒިފްކޯ
    • އަހުމަދު އިމާޒް
    • އަސަދުﷲ އަބްދުﷲ (ކެޕްޓަން)
    • ހުސައިން ނިޔާޒް
    • ޔަސްފާދު ހަބީބް
    • ހަސަން ޝިފާޒް
    • މޫސާ ޔާމިން
    • މުހައްމަދު އިމްރާން (ގޯލްކީޕަރު)
    • ސައްމާމް ގާސިމް
    16:18

    "16- މާޒިޔާގެ އަސަދުﷲއަށް ފައުލުކުރުމުން މޯހަން ބަގާންގެ ސަންޖޭ ބަލްމުޗްއަށް ރީނދޫ ކާޑެއް.

    16:17

    "14- މާޒިޔާއަށް ލިބުނު ހިލޭ ޖެހުން ފޮނުވާލީ އާއްކޮ. އާއްކޮ ވަރަށް ބަލާލާފައި ފޮނުވާލި ބާރު ހަމަލާ ގޮސް އަމާޒުވީ މޯހަން ބަގާންގެ ގޯލްގެ އަރިމަތީ ދަނޑިއަށް.

    16:16

    މޯހަން ބަގާންގެ ޕެނަލްޓީ އޭރިޔާ ބޭރުން މާޒިޔާއަށް ހިލޭ ޖެހުމެއް.

    16:14

    މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ޖޭޖޭ ވަރަށް ރީތިކޮށް ހުރަސްކޮށްލި ބޯޅައެއް، މޯހަން ބަގާންގެ ކެޕްޓަން ކަޓްސުމީއަށް ލިބުނީ. އެހެން ނަމަވެސް އޭނާ ބޯޅަ ކޮންޓްރޯލްކޮށްލި އިރު ހުރީ އޮފްސައިޑްވެފައި.

    16:14

    މެޗުގެ ފުރަތަމަ 10 މިނިޓްގެ ކުޅުން ނިމިގެން ދިޔައިރު އަދި އެއްވެސް ޓީމަކަށް އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާކޮށްލެވޭ ގޮތެއް ނުވޭ.

    16:10

    "7- މާޒިޔާގެ ޒިވްކޯއަށް ރީނދޫ ކާޑެއް. ޒިވްކޯއަށް ރީނދޫ ކާޑު ދެއްކީ މޯހަން ބަގާންގެ ޖޭޖޭއަށް އޭނާ ފައުލުކުރުމުން.

    16:03

    މެޗު ފަށައިފި.

    16:03

    މެޗު ފަށަނީ މާޒިޔާއިން.

    15:58

    މެޗަށް ތައްޔާރުވުމުގެ ގޮތުން މިހާރު ދެޓީމުގެ ކުޅުންތެރީން ދަނޑަށް ނުކުންނަނީ.