މާލޭ އެމްޕީއެލް ބަނދަރު ސަރަހައްދުގައި، އޮތް އާގު ބޯޓަކުން އިއްޔެ މުދާބޭލުމުގެ ތެރޭގައި ޒަޚަމްވި އާރުކޭއެލްގެ މުވައްޒަފުގެ ހާލަތު މިހާރު ރަނގަޅު ކަމަށް އައިޖީއެމްއެޗްއިން ބުނެފިއެވެ.

އެހާދިސާގައި ޒަހަމްވެފަ އިވަނީ އާރުކޭއެލް ލޭންޑިން ކުރާފްޓުގެ ސަރަނގު، ހދ.ކުޅުދުއްފުށި، ފެހިކުރި، އާދަމް އިބްރާހިމް، އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބް މިއަދު ސަން އަށް ވިދާޅުވީ، އާދަމް އިބްރާހިމުގެ ބޮލަށާއި ހަށިގަނޑުގެ ބައެއް ގުނަވަންތަކަށް ގެއްލުން ލިބުނު ނަމަވެސް މިހާރު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.

"އެޕޭޝެންޓް މިހާރު ރަނގަޅު. އިމްޕްރޫވް ވޭ އެބަ. އޭނާގެ މަލްޓިޕުލް އެންޖެރީސް ހުރި،" ޒީނަތު ވިދާޅުވިއެވެ.

އެލޭންޑިން ކުރާފްޓުގެ ކެޕްޓަން އަހުމަދު ނަސީލް އިއްޔެ ސަން އަށް ވިދާޅުވީ އެހާދިސާ ހިނގާފައި ވަނީ އިއްޔެ 12 ޖަހާކަންހާ އިރު "ޖޫނޭ" ކިޔާބޯޓަކުން މުދާބާލަން އުޅުމުގެ ތެރޭގައި އާދަމް އިބްރާހިމްގެ ގައިމައްޗަށް މުދާތަކެއް ފުރޮޅާލައިގެން ކަމަށެވެ. އެ ހާދިސާގައި އޭނާ ވަރަށްބޮޑަށް ޒަހަމްވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.