ފުވައްމުލަކު ބަންޑާރަ ކިޅިއަށް ގެނބި، ހާލު ސީރިއަސް ވެގެން ރޭ މާލެ ގެނައި ކުޑަ ކުއްޖާގެ ހާލު ރަނގަޅު ކަމަށް އައިޖީއެމްއެޗް އިން ބުނެފި އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު "ސަން" މިއަދު އަށް ވިދާޅުވީ އެ ކުއްޖާއަށް އައިޖީއެމްއެޗްގެ އަވަސްފަރުވަދޭ ކޮޓަރީގައި ފަރުވާދެމުން އަންނަކަމަށާއި މިހާރު ހާލު ރަނގަޅު ކަމަށެވެ.

"އެ ކުއްޖާ މިހާރު ސްޓޭބަލްކޮށް އޮތީ. މިހާރު ފަރުވާދެމުން ގެންދަނީ،" ޒީނަތު ވިދާޅުވި އެވެ.

ފުވައްމުލަކު ބަންޑާރަ ކިޅިއަށް ގެނބިހާލު ސީރިއަސް ވުމުން، އެ ރަށު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އެ ކުއްޖާ މާލެ ގެނެސްފައި ވަނީ ރޭ ދަންވަރު 02:45 ހާއިރު އެވެ.

އެ ރަށު ހޮސްޕިޓަލުން ބުނީ، ކިޅިއަށް ގެނބުމުގެ ސަބަބުން އެ ކުއްޖާގެ ފުއްޕާމެއަށް ގެއްލުން ވެފައިވާ ކަމަށެވެ.