އިންޑިއާގެ ކުރީގެ ރައީސް ޑރ. އޭޕީޖޭ އަބްދުލްކަލާމުގެ ހަނދާނުގައި، މިއަހަރު ދޭން ފެށި "ޑޮކްޓަރު ކަލާމް ޕުރަސްކާރް ފޮ އެކްސެލެންސް އިން ގަވާނަންސް 2016" އެވޯޑު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް އަރުވައިފިއެވެ.

އެ އެވޯޑް އެމަނިކުފާނަށް އަރުވާފައި ވަނީ ޓުރެވަންޑުރަމްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

"ޑޮކްޓަރު ކަލާމް ޕުރަސްކާރް ފޯ އެކްސެލަންސް އިން ގަވަނަންސް 2016"އަކީ އިންޑިއާގެ ކުރީގެ ރައީސް ޑޮކްޓަރު އޭޕީޖޭ އަބްދުލްކަލާމްގެ ހަނދާނުގައި އިންޑިއާގެ ޑޭލްވިއު ގްރޫޕް އޮފް އިންސްޓިޓިއުޝަންސް އިން ކޮންމެ އަހަރަކު ދިނުމަށް ހަމަޖެހިފައިވާ އެވޯޑެކެވެ. މިގޮތުން މި އެވޯޑް އެންމެ ފުރަތަމަ ލިބިވަޑައިގަންނަވާ ބޭފުޅަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.

ރައީސް ޔާމީނަށް އެ އެވޯޑު ލިބިވަޑައިގެންފައި ވަނީ އިންޓެނޭޝަނަލް އެކްސެލެންސްގެ ދާއިރާއިންނެވެ.

އެ އެވޯޑުދޭ އިތުރު ދާއިރާތަކަކީ ލީޑަޝިޕް އެކްސެލެންސްގެ ދާއިރާ އާއި އެޑިއުކޭޝަނަލް ލީޑަޝިޕް ދާއިރާ އާއި ސައިންސް އެޑިއުކޭޝަން ދާއިރާ އެވެ.