ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު މއ.ޒެނާނާ އިން ދެ މީހަކު ހައްޔަރު ކޮށްފި އެވެ.

އެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ އަންހެނަކާއި ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ، އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ، މަސްތުވާތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި މިއަދު ހަވީރު 17:50 ހާއިރު ކަމަށެވެ.

އެގޮތުން ކޯޓު އަމުރެއްގެ ދަށުން މއ. ޒެނާނާ ގެއަށް ވަދެ ބަލައި ފާސް ކުރި އިރު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި މައްސަލައާ ގުޅުން ހުރި ބައެއް ސާމާނު ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން އެ ސަރަހައްދުގައި އަދި ވެސް ހަރަކާތްތެރިވަމުން އަންނަ އިރު އޭގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.