26 Apr 2016, 19:40
ޒުވާނުން ވަޒީފާއަށް އަހުލުވެރިކުރުވުމަށާއި، މުޖުތަމައުއަށް ފައިދާ ހުރި ގާބިލް ޒުވާނުން ބިނާކުރުމަށް މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ކުރިއަށް ގެންދާ އެމްޑަބްލިއުއެސްސީ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ދެވަނަ ފުރުސަތު ހުޅުވާލައިފި އެވެ.
އެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ ދެވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.
އެމްޑަބްލިއުއެސްސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމާ ބެގޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރޭން -- ސަން ފޮޓޯ: ޝަފްނާ ޙުސައިން
އެ ޕްރޮގްރާމް އަމާޒުކުރެވިފައި ވަނީ 18 އަހަރާ 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. އަދި ޕްރޮގްރާމުގައި ބައިވެރިވުމަށް މަދުވެގެން ގުރޭޑު 10 ގެ ފެންވަރު ހުންނަން ޖެހޭނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެ އެވެ.
ޕްރޮގްރާމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ވަނީ ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި ހަރަކާތެއް ކުރިއަށް ގެންގޮސްފަ އެވެ. ޕްރޮގްރާމާ ގުޅޭ މައުލޫމާތުގެ އިތުރުން، ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންވާ ފޯމު ފުރުންވެސް ކުރިއަށް ދިޔަ އެވެ.

އެމްޑަބްލިއުއެސްސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމާ ބެގޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރޭން -- ސަން ފޮޓޯ: ޝަފްނާ ޙުސައިން
އެމްޑަބްލިއުއެސްސީގެ ތަޖުރިބާކާރު މުވައްޒަފުންގެ ބެލުމުގެ ދަށުން ބައިވެރިން ތަމްރީނު ކުރާ އެ ޕްރޮގްރާމު ތިން މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.
އެމްޑަބްލިއުއެސްސީ އިން ބުނީ އެ ޕްރޮގްރާމުގެ ދަށުން އެކުންފުނީގެ އޮޕަރޭޝަން ޑިވިޝަންގެ މެނުފެކްޗަރިންގ ޑިޕާޓްމަންޓުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި، ޕްރޮގްރާމް ނިންމާ ފަރާތްތަކުގެ ތެރެއިން މަސައްކަތުގެ ފެންވަރު ރަނގަޅު ބައިވެރިންނަށް އެކުންފުނިން ދާއިމީ ވަޒީފާ ލިިގެންދާނެ ކަމަށެވެ.