Last Updated:
10 year 7 month ago

އޭއެފްސީ ކަޕް: ބެލެސްޓިއާ 3-0 ނިއު ރޭޑިއަންޓް

    ބުލޮގު ޚުލާސާ

    އޭއެފްސީ ކަޕް 2016ގެ ގްރޫޕް ސްޓޭޖްގައި ގްރޫޕް "އެފް"ގައި ހިމެނޭ ރާއްޖޭގެ ޗެމްޕިއަން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ސިންގަޕޫރުގެ ބެލެސްޓިއާ ޚަލްސާ، ސިންގަޕޫރުގައި މިއަދު ކުޅޭ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ.

    18:29

    އޭއެފްސީ ކަޕް 2016 - ގްރޫޕް އެފް

    1. ކިޗީ އެފްސީ - 5 މެޗު - 10 ޕޮއިންޓް
    2. ކާޔާ އެފްސީ - 5 މެޗް - 9 ޕޮއިންޓް.
    3. ބަލެސްޓިއާ ޚަލްސާ - 5 މެޗު - 7 ޕޮއިންޓް.
    4. ނިއުރޭޑިއަންޓް - 5 މެޗު - 2 ޕޮއިންޓް
    18:24

    ނިއުއަށް އިތުރު މެޗަކާއެކު މުބާރާތަށް އަލްވަދާކު ކިޔަން ޖެހިފައިވާއިރު، މި މެޗުގެ ނަތީޖާއާއެކު ބަލެސްޓިއާއަށް މިވަނީ ދެވަނަ ބުރަށް ދިއުމުގެ އުންމީދު އާވެފައި.

    18:24

    އިތުރު ވަގުތުގެ 3 މިނިޓް ހަމަވުމާއެކު ރެފްރީ މެޗު ނިންމާލައިފި.

    18:21

    މެޗުގެ ފުރިހަމަ ވަގުތު ހަމަވެއްޖެ. މިހާރު ކުޅެމުންދަނީ އިތުރު ވަގުތުގެ ކުޅުން.

    18:16

    މި ދެޓީމު ފެބްރުއަރީ 23ގައި މާލޭގައި ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެން. އެހެން ނަމަވެސް އެ މެޗުގައި ނިއުގެ ފަރާތުން ފެނުނު ފަދަ ކުޅުމެއް މި މެޗުގައި ފެނިގެނެއް ނުދޭ.

    18:15

    މިހާރު ކުޅެމުން މިދަނީ މެޗުގެ ފުރިހަމަ ވަގުތުގެ ފަހު 5 މިނިޓްގެ ކުޅުން. ބަލެސްޓިއާ މިވަނީ 3 ލަނޑުގެ ލީޑެއް ނަގާފައި. ނިއުއަށް ލަނޑެއް ނުޖެހޭ.

    18:13

    "83- ބަލެސްޓިއާގެ ހަމަލާއެއް. ނިއުގެ ޕެނަލްޓީ އޭރިޔާ ތެރޭން ޒުލްކިފްލީ ގޯލަށް ފޮނުވާލި ބޯޅަ ކީޕަރު ފައިރޫޒްގެ އަތުގައި ޖެހިފައި އޭރިޔާ ތެރެއަށް ދިޔައީ. އެ ބޯޅަ ނުހާދު ދިފާއުކޮށް ފޮނުވާލީ.

    18:12

    "82- ބަލެސްޓިއާގެ ފަޒްލީއަށް ރީނދޫ ކާޑެއް. ކުޅުން ލަސްކުރާތީ ކަމަށް ބެލެވެނީ.

    18:08

    "78-ނިއުއިން ބަދަލެއް.އިސްމާއީލް ފަރުހާދުގެ ބަދަލުގައި ކުޅެން ނުކުތީ އަލީ ޝާމިއު.

    18:02

    "71 - ބަލެސްޓިއާގެ ހައްޒުވާން ހަލީމް، ނިއުގެ ޕެނަލްޓީ އޭރިޔާ ބޭރުން ގޯލަށް އަމާޒުކޮށް ފޮނުވާލި ބޯޅަ ކީޕަރު ފައިރޫޒުގެ އަތުގައި ޖެހިފައި ގޯލް ހުރަސް ދަނޑިމަތިން ކޯނަރަކަށް ބޭރު.

    17:54

    ދެވަނަ ހާފް ފަށައިގެން ނިއުއިން ކުޅުން ރަނގަޅުކޮށް، ހަމަލާތަކެއް އުފެއްދޭތޯ މަސައްކަތް ކުރަމުން ދަނިކޮށް، ބަލެސްޓިއާއިން އިތުރު ލަނޑެއް މި ކާމިޔާބުކުރީ.

    17:53

    "63- ނިއުއިން ބަދަލެއް. ކަރަމްގެ ބަދަލުގައި ހުސައިން ލަމްއާން ކުޅެން އެރީ.

    17:51

    ނިއުގެ ޕެނަލްޓީ އޭރިޔާގެ ބޭރު ރޮނގުކައިރިން، ބަލެސްޓިއާގެ މުހައްމަދު ފާދިލަށް ލިބުނު ބޯޅަ އޭނާ ވަރަށް ހަމަޖެހިލާފައި ގޯލްގެ ކަނާތްފަރާތުން ތިރީ ކަނަށް ފޮނުވާލީ.

    17:50

    "60-ބަލެސްޓިއާ ތިންވަނަ ލަނޑު ޖަހައިފި.

    17:41

    "52- ނިއުގެ ހަމަލާއެއް. ރިލްވާން ވަހީދު، ބަލެސްޓިއާ ޕެނަލްޓީ އޭރިޔާގެ ބޭރުން ވަރަށް ބާރަށް ފޮނުވާލި ބޯޅަ ކީޕަރު އަތުގައި ޖެހިފައި ކޯނަރަކަށް ބޭރު.

    17:38

    ބަލެސްޓިއާ ޕެނަލްޓީ އޭރިޔާ ބޭރުން ހަމްޒާ މުހައްމަދު ފޮނުވާލި ބޯޅަ އެޓީމުގެ ކީޕަރުގެ އަތަށް.

    17:37

    ބަލެސްޓިއާއަށް ލިބުނު ކޯނަރަކުން ފަޒްލީ ނިއުގެ ގޯލް ކުރިމަށްޗަށް ހުރަސްކޮށްލި ބޯޅަ އެޓީމުގެ ކުޅުންތެރިއަކު ބޮލުންޖަހައި ގޯލަށް ފޮނުވާލަން މަސައްކަތްކުރި. އެހެން ނަމަވެސް ބޯޅަ ދިޔައީ ގޯލްގެ ހުރަސް ދަނޑިމަތީން ބޭރަށް.

    17:35

    ދެވަނަ ހާފް ފަށައިފި.

    17:35

    ދެވަނަ ހާފް ފެށުމަށް ދެޓީމުގެ ކުޅުންތެރީން ދަނޑަށް ނުކުމެއްޖެ.

    17:20

    މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމިއްޖެ. ފުރަތަމަ ހާފު ނިމުނީ 2-0 ލަނޑުން ބަލެސްޓިއާ ކުރީގައި އޮވެގެން.

    17:18

    ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެ މިނެޓްގެ ކުޅުން ދައްކައިފި.

    17:14

    41"- ހިލޭ ޖެހުމުން ހަމްޒާ ނަގައިދިން ހުރަހަކުން ބަލެސްޓިއާގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ވެލިޗްކޯވް ބޮލުން ފޮނުވާލި ހަމަލާ، ފަސޭހަކަމާއެކު ބަލެސްޓިއާގެ ގޯލްކީޕަރު ހޯދައިފި.

    17:09

    36"- ބަލެސްޓިއާއަށް ރަނގަޅު ފުރުސަތެއް ލިބިއްޖެ. ޖަމީލް ދިން ރީތި ބޯޅައަކުން ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ފަދްލީ ކާމިސް އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށް. ދަނޑީގައި ޖެހިފައި ނުކުތް ބޯޅައިން ބަލެސްޓިއާއިން ނުރައްކާކުރުމުގެ ކުރިން ނުހާދު ވަނީ ކޯނަރަކަށް އެ ބޯޅަ ބޭރުކޮށްލާފައި.

    17:07

    ނިއުއިން ބަދަލެއް ގެނެސްފި. ނިޔާޒްގެ ބަދަލުގައި ކުޅެން ނުކުތީ ސާދިން.

    17:06

    ޖަމީލް އަލީ އެ ލަނޑު ކާމިޔާބުކުރީ ޒުލްކިފްލީ ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ، ފޮނުވާލި ހަމަލާއަކުން.

    17:05

    "32 - ބަލެސްޓިއާ ދެވަނަ ލަނޑު ޖަހައިފި.ލަނޑު ޖެހީ އެޓީމުގެ ޖަމީލް އަލީ.

    16:57

    ބަލެސްޓިއާ ޓީމުގެ ކުޅުންތެރިއަކު ނިގެ ގޯލަށް ފޮނުވާލި ބޯޅަ ކީޕަރު ފައިރޫޒު އަތުގައި ޖެހިފައި ގޮސް ގޯލްގެ އަރިމަތީ ދަނޑީގަ ޖެހިފައި ނުކުތްވަގުތު ބޯޅަ ލިބުނީ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރި ޒުލްކިފްލީއަށް. އޭނާ ވަރަށް ހަމަޖެހިލާފައި ގޯލް ތެރެއަށް ބޯޅަ ފޮނުވާލީ.

    16:56

    22"- ބަލެސްޓިއާ ލަނޑު ޖަހައިފި.އެ ޓީމަށް ލަނޑު ޖަހައިދިނީ ޒުލްކިފްލީ