ރޭ އައްޑޫސިޓީ މަރަދޫގައި ހިނގި އެކްސިޑެންޓެއްގައި ދުވަސްވީ އަންހެނަކަށް އަނިޔާވެ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އެބަދެ އެވެ.

ރޭ 21:45ގައި އައްޑޫ ސިޓީ، ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ 79 އަހަރުގެ އަންހެނަކަށެވެ.

އެކްސިޑެންޓު ހިނގާފައި ވަނީ މަރަދޫ ސްލިޕްވޭ ގައި ދުއްވާފަ ދިޔަ ޓެކްސީއަކުން އެ އަންހެން މީހާގެ ގައިގައި ޖެހިގެންނެވެ.

އެކްސިޑެންޓުގައި އަންހެން މީހާގެ ވައަތު ފައި ބިނދުމުގެ އިތުރުން ބައެއް ކުދި އަނިޔާތައް ވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އަނިޔާވި އަންހެން މީހާ އަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ އިރު އިތުރު ފަރުވާ އަށް މާލެ ގެނައުމުގެ މަސައްކަތް އާއިލާއިން އަންނަނީ ކުރަމުންނެވެ.