ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާނުކޮށް ފޮޓޯ އާންމުކޮށްފި އެވެ.

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަން އިއުލާނުކޮށްފައި ވަނީ ޏ. ފުވައްމުލައް،ފުނާޑު، މެރީނާ، ހުސައިން އަލިދީދީ (54އ) އެވެ.

އޭނާ އަކީ ތަހުގީގަށް ހޯދަން ބޭނުންވެ މިހާތަނަށް ފުލުހުން ކުރި މަސައްކަތުން އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ހޯދައި ފެނިފައިނުވާ މީހެއް ކަމަށް ފުލުހުން ބުނެ އެވެ. އޭނާ ހޯދަނީ ކޮން ކަހަލަ މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ، އޭނާ ހޯދަމުންދާ މައްސަލައިގެ ބާވަތް އަދި ހާމަކުރެވެން ނެތް ކަމަށެވެ.

ހުސައިން އަލިދީދީ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ނުވަތަ ފުލުހުންނަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އަންގާފައިވާ އިރު އޭނާ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ އެ މައުލޫމާތު ފުލުހުންނާ ހިއްސާކުރުމަށް ފުލުހުން އެދެ އެވެ.