އިންޑިއާގެ ކުރީގެ ރައީސް މަރުހޫމް ޑރ. އޭޕީޖޭ އަބްދުލްކަލާމުގެ ހަނދާނުގައި، ފުރަތަމަ ފަހަރަށް ދެވޭ "ޑޮކްޓަރު ކަލާމް ޕުރަސްކާރް ފޮ އެކްސެލެންސް އިން ގަވަރނަންސް 2016" އެވޯޑާއި ހަވާލުވެވަޑައިގަތުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ހެނދުނު އިންޑިއާ އަށް ފުރާވަޑައިގެންފި އެވެ.

"ޑޮކްޓަރު ކަލާމް ޕުރަސްކާރް ފޮ އެކްސެލެންސް އިން ގަވަނަންސް 2016" އެރުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނެވެ.

"ޑޮކްޓަރު ކަލާމް ޕުރަސްކާރް ފޮ އެކްސެލެންސް އިން ގަވަނަންސް 2016" އަކީ އިންޑިއާގެ ކުރީގެ ރައީސް ޑޮކްޓަރު އޭޕީޖޭ އަބްދުލްކަލާމްގެ ހަނދާނުގައި އިންޑިއާގެ ޑޭލްވިއު ގްރޫޕް އޮފް އިންސްޓިޓިއުޝަންސް އިން ކޮންމެ އަހަރަކު ދިނުމަށް ހަމަޖެހިފައިވާ އެވޯޑެކެވެ. މިގޮތުން މި އެވޯޑް އެންމެ ފުރަތަމަ ލިބިވަޑައިގަންނަވާ ބޭފުޅަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.

ރައީސް ޔާމީނަށް އެ އެވޯޑު ލިބިވަޑައިގެންފައި ވަނީ އިންޓެނޭޝަނަލް އެކްސެލެންސްގެ ދާއިރާއިންނެވެ.

އެ އެވޯޑުދޭ އިތުރު ދާއިރާތަކަކީ ލީޑަޝިޕް އެކްސެލެންސްގެ ދާއިރާ އާއި އެޑިއުކޭޝަނަލް ލީޑަޝިޕް ދާއިރާ އާއި ސައިންސް އެޑިއުކޭޝަން ދާއިރާ އެވެ.