ދުބާއީގައި މިހާރު ކުރިއަށްދާ އަރަބިއަން ޓްރެވަލް މާޓް (އޭޓީއެމް) ފެއާގައި ރާއްޖޭގެ 50 ކުންފުންޏަކުން ބައިވެރިވެރިވެއްޖެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުްސީ) އިން ބުނީ ދުބާއީގައި މި މަހުގެ 25-28 ގެ ނިޔަލަށް ކުރިއަށް ދާ ފެއާގައި ރާއްޖޭގެ 50 ކުންފުންޏަކުން 100 މީހުން ބައިވެރިވެފައިވާ ކަމަށެވެ.

ދުބާއީ އިންޓަނޭޝަނަލް އެންޑް ކޮންވެންޝަން ސެންޓަރުގައި ކުރިއަށްދާ އެ ފެއާއަކީ އަރަބިއަން ޓްރެވަލް މާޓްގެ 22 ވަނަ ފެއާއެވެ.

މެދުއިރުމައްޗަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރާ އެއް ސަރަހައްދެވެ.

އެ ސަރަހައްދުން ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރު ވަނީ 12.8 ޕަސެންޓް އިތުރުވެފަ އެވެ. އަދި ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރާ މެދުއިރުމަތިން ފެބްރުއަރީ މަހުގެ ނިޔަލަށް 7،073 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެ އެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ އަހަރު ނުވަތަ ވިޒިޓް މޯލްޑިވްސް އިއާ 2016 ގެ ނަމުގައި މިއަހަރު ރާއްޖެ އިޝްތިހާރު ކުރަމުން އަންނަ އިރު، އެފަދަ ފެއާތަކުގެ ސަބަބުން ޓޫރިސްޓުން އަންނަ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ.