ލ. ގަމުގައި ބުރާސްފަތި ދުވަހުރޭ ޒުވާނަކަށް ކަނޑިން ހަމަލާދީ އަތް ބުރިކޮށްލި ހަމަލައަށް ފަހު ފިލައިގެން އުޅުނު ކުޑަކުއްޖާ އަތުލައިގަނެ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލު މިއަދު ވިދާޅުވީ ހަމަލައިގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވިފައިވަނިކޮށް ފިލައިގެން އުޅުނު ކުޑަކުއްޖާ ހައްޔަރު ކުރީ އެ އަތޮޅުގެ މުންޑޫގައި ހުއްޓާ މިއަދު ކަމަށާއި އެ ކުއްޖާ ހައްޔަރު ކުރީ ގަމުގައި ގާއިމުވެ ތިބޭ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.

ބުރާސްފަތި ދުވަހުގެ ރޭ ހަމަލައާ ގުޅިގެން ފުލުހުން މީގެ ކުރިން ވަނީ ފުރަމަ ހަ މީހަކާއި ކުޑަކުއްޖަކު ހައްޔަރުކޮށްފަ އެވެ. މި ހަމަލައާ ގުޅިގެން ރޭވެސް ފުލުހުން ވަނީ ގަމުގެ މަތިމަރަދޫ އަވަށުން ދެ މީހަކު ހައްޔަރުކޮށްފަ އެވެ. އެހެން ކަމުން މިހާރު މި މައްސަލައާ ގުޅިގެން މިހާތަނަށް އަށް މީހުންނާއި ދެ ކުޑަކުއްޖަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ކަނޑީގެ ހަމަލާގައި އަތް ބުރުކޮށްލާފައި ވަނީ ގަމު، މުކުރިމަގު ގޯލްޑަން ކްރޯން އަފުޒަލް އަލީ 20، އެވެ.