މާލެ އުތުރު ހުޅަނގު ފަރާތު، އެމްޕީއެލް ސަރަހައްދުގައި ކޮންޓެއިނާ އުފުލަން ގެންގުޅުނު އެމްޕީއެލްގެ ވެހިކަލެއްގައި އަލިފާން ރޯވެއްޖެ އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އަދުނާން މުހައްމަދު "ސަން"އަށް ވިދާޅުވީ މިއަދު ހަވީރު އެމްޕީއެލް ވެހިކަލުގައި ރޯވި އަލިފާން ނިއްވާލާފައިވާ ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށެވެ.

އެ ވެހިކަލުގައި އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ނޭނގެ އެވެ.

މަންޒަރު ދުއް މީހަކު "ސަން"އަށް ބުނީ ކޮންޓެއިނާ އުފުލަން ގެންގުޅޭ ވެހިކަލެއްގައި އަލިފާން ރޯވެ ދުން އަރަން ފެށުމުން އެ ސަރަހައްދުގައި ތިބި މީހުން ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

"ވެހިކަލްގެ ތިރީގައި ރޯވެފައި ވަނީ. ރަބަރުގަނޑެއް ކަހަލަ އެއްޗެއްގައި ރޯވެފައި ހުރި ކަމަށް ބެލެވެނީ،" މަންޒަރު ދުއް މީހަކު ބުންޏެވެ.