06 May 2011, 23:22
ލ. ގަމުގައި ރޭ ކަނޑިންޖާ ޒުވާނެއްގެ އަތް ބުރިކޮށްލި ހަމަލައާ ގުޅިގެން، މާރާމާރީގެ ތުހުމަތުގައި ފުލުހުން ހޯދާ ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ ދެމީހުން ހައްޔަރު ކުރީ ގަމު މަތިމަރަދޫ އަވަށުން ކަމަށާއި ހައްޔަރު ކުރީ މިރޭ 10:00 ޖަހާއެހާކަންހާއިރު ކަމަށެވެ. ފުލުހުން ބުނީ މި ދެމީހުން ހައްޔަރުކޮށްފައިވާއިރު ތުހުމަތުކުރެވޭ 18 އަހަރުން ދަށުގެ އިތުރު ކުއްޖަކު ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މި ހަމަލައާ ގުޅިގެން މީގެ ކުރިން ވަނީ ކުޑަ ކުއްޖަކާއެކު ހަތް މީހަކު ހައްޔަރުކޮށްފަ އެވެ.