ރާއްޖޭގެ ނެޓްބޯޅަ ޓީމުތަކާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅެން އައިސްފައިވާ ސްރީ ލަންކާގެ ލަޔަން ވެޓަރަންސް ނެޓްބޯލް ކްލަބު ރޭ ކުޅުނު ފުރަތަމަ ކުއާޓާތަކުން މޮޅުވެ، ފަހު ކުއާޓާތަކުން ބަލިވެއްޖެ އެވެ.

އެކުވެރިކަމުގެ މެޗުތަކެއްގައި ރޭ ކުޅުނު ފުރަތަމަ ކުއާޓާތަކުގައި އަހުމަދިއްޔާ ސްކޫލް ބެލެނިވެރިންގެ ޓީމު އަތުން ލަޔަން ވެޓަރެންސް ޓީމު މޮޅިވި އިރު، ފަހު ކުއާޓާތަކުގައި އެ ޓީމު ބަލިވީ ޖަމާލުއްދީން ސްކޫލް ބެލެނިވެރިންގެ ޓީމު އަތުންނެވެ.

ސޯޝަލް ސެންޓަރު ނެޓްބޯޅަ ކޯޓުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ދެ ކުއާޓާގައި އަހުމަދުއްޔާ ސްކޫލް ބެލެނިވެރިންގެ ޓީމު އަތުން ލަޔަން ވެޓެރަންސް ޓީމު މޮޅުވީ 8-7 އިންނެވެ. ފަހު ދެ ކުއާޓާގައި ޖަމާލުއްދީންގެ ބެލެނިވެރިންގެ ޓީމު އަތުން ލަޔަން ވެޓެރަންސް ޓީމު މޮޅުވީ 12-3 އިންނެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ލަޔަން ކްލަބުގެ ވެޓެރަންސް ނެޓްބޯޅަ ޓީމު ރާއްޖާގައި ކުޅުނު ފުރަތަމަ މެޗުގައި ރާއްޖޭގެ ވެޓެރަންސް ނެޓްބޯޅަ ޓީމު އަތުން ބޮޑު ތަފާތަކުން ވަނީ ބަލިވެފަ އެވެ. އެ މެޗު ރާއްޖޭގެ ވެޓެރަންސް ޓީމް ކާމިޔާބު ކުރީ 16-6 އިންނެވެ.

ލަޔަން ކްލަބުގެ ވެޓެރަންސް ޓީމު މިއަދު ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ. މިރޭ 8:30ގައި ކުޅޭ އެ މެޗުގެ ފުރަތަމަ ދެ ކުއާޓާގައި އެކްސެލް އިންޓަނޭޝަނަލް ސްކޫލުގެ ބެލެނިވެރިންގެ ޓީމާ ދެކޮޅަށް ނުކުންނަ އިރު، ފަހު ދެ ކުއާޓާގައި ލަޔަން ކްލަބުގެ ވެޓެރަންސް ޓީމު ނުކުންނާނީ އިސްކަންދަރު ސްކޫލުގެ ބެލެނިވެރިންގެ ޓީމާ ދެކޮޅަށެވެ.

އެކުވެރިކަމުގެ މެޗުތަކަށް ފަހު، ލަޔަން ކްލަބުގެ ވެޓެރަންސް ނެޓްބޯޅަ ޓީމު ރާއްޖެ އިން ފުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 27 ވަނަ ދުވަހު އެވެ.