24 Apr 2016, 15:22
މަރުކަޒީ ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އެކްސްރޭ މެޝިނަށް ދިމާވި މައްސަލަ ހައްލުކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލް އިން ބުނެފި އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބް މިއަދު ސަން އަށް ވިދާޅުވީ، އެކްސްރޭ މެޝިނަށް ދިމާވި މައްސަލަ ހައްލުކުރެވިފައިވާ އިރު މިހާރު އެހޮސްޕިޓަލްއިން ހުރިހާ އެކްސްރޭއެއް ހެދޭނެ ކަމަށެވެ.
އެ ހޮސްޕިޓަލުގެ އެކްސްރޭ މެޝިނަށް ދިމާވި މައްސަލައެއްގެ ސަބަބުން ބައެއް ބޮޑެތި އެކްސްރޭތައް ނުހެދި ގިނަ ދުވަސްތަކެއްވި އެވެ.
ޒީނަތު ވިދާޅުވީ އާ އެކްސްރޭމެޝިނެއް މި މަހު ފަހުކޮޅު ގެނެސް އަންނަ މަހު ކުރީކޮޅު އިންސްޓޯލް ކުރެވިގެންދާނެ ކަމަށެވެ. އެއާ އެކު މިހާރު ނެހެދޭ ބައެއް އެކްސްރޭތައް ހެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.