24 Apr 2016, 16:42
ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ގދ. ތިނަދޫ ކެމްޕަހުގައި ފަށަން ނިންމާފައިވާ ބެޗްލާސް އޮފް އެޑިއުކޭޝަން އިން އާލީ ޗައިލްޑްހުޑް – އޮނާސް އަށް ފޯމް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ގައުމީ ޔުނިވާސިޓީ އިން ބުނީ، އެ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަނުން އަންނަ ޖުލައި މަހު ތިނަދޫ ކެމްޕަހުގައި ފެށުމަށް ހަމަޖެހިފައިވާ އެ ކޯހަކީ ހަތަރު އަހަރުގެ ކޯހެއް ކަމަށެވެ. އަދި ބޮލުކްމޯޑަށް ކުރިއަށް ގެންދަން ރާވާފައިވާ އެ ކޯހަށް ހުޅުވާލައިފައި ވަނީ 30 ޖާގަ ކަމަށެވެ.
ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:
ޖީސީއީ އޭ ލެވެލް، އެޗްއެސްސީ ދެ މާއްދާއިން ފާސްވެފައިވުން ނުވަތަ އެ ފެންވަރު ހުރުން
- އެމްކިޔުއޭ ގަބޫލުކުރާ ސެޓްފިކެޓް ލެވެލް ހަތަރެއްގެ ސަނަދެއް އާލީ ޗައިލްޑްހުޑް އެޑިއުކޭޝަން ދާއިރާ އިން ހާސިލްކޮށްފައިވުން
- ބެޗްލާސް އޮފް އެޑިއުކޭޝަން އިން އާލީ ޗައިލްޑްހުޑް ކޯހަށް އަމާޒު ކޮށްގެން ޔުނިވާސިޓީ އިން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް ދޭކުން ފާސްވެފައިވުން
- ފެކަލްޓީ އޮފް އެޑިއުކޭޝަނުން ހިންގާ އެޑްވާންސް ސެޓްފިކެޓް އިން އެޑިއުކޭޝަން ފުރިހަމަކޮށްފައިވުން
އެ ކޯހަށް ކުރިމަތިލާން އެދޭ ދަރިވަރުންގެ ފޯމް ބަލައިގަންނަން ފަށާފައި ވަނީ މިއަދު އެވެ. އަދި ކޯހަށް ވަނުމަށް އެދޭ ފޯމް ޔުނިވާސިޓީގެ ދަރިވަރުންގެ ހިދުމަތްތަކާ ބެހޭ ބައިންނާއި ޔުނިވާސިޓީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ ޔުނިވަސިޓީ އިން ބުންޏެވެ.