01:20 އިލްހާމް އަހުމަދާއި އަލީ އާރިފާއި އަހްމަދު މަހުލޫފާއި ރިޔާޒު ރަޝީދުގެ އިތުރުން އުމަރު ނަސީރު ފުލުހުންގެ ހައްޔަރުކޮށްގެން ގެންގޮސްފައިވަނީ.

00:39 ފުލުހުން ލޮރިތަކުގައި ނައްޓާލައިފި.

00:37 މުޅި މަގު ގާތްގަނޑަކަށް އެއްކޮށް ސާފުކޮށްލައިފި. އަދި މުޒާހަރާ ހުއްޓާލި ކަމެއް އިއުލާނެއް ނުކުރޭ.

00:23 މުޒާހަރާގެ ބައިވެރިން 70 ނަމްބަރާ ހަމައަށް ޖައްސައިފި، މުޒާހަޜާ ރޫޅައިލާނެ ކަމުގެ އިންޒާރު ދޭން ފަށައިފި. މިހާރު މުޒާހަރާ އަންނަނީ ހޫނުވަމުން. ފުލުހުން އަންގަނީ ސަރަހައްދު ދޫކޮށްދިއުމަށް

00:18 މިިހާރު ފުލުހުންގެ ސަފުގެ އެތެރެއަށް ނޫސްވެރިން ވައްދައިފި.

00:16 ފަހަތަށް ޖައްސަމުން ގޮސް މުޒާހަރާގެ ބައިވެރިން އަގޯރާއާ ހަމައަށް ފަހަތަށް ޖައްސައިފި. އަދިވެސް ނޫސްވެރިންނަށް ފުރުސަތެއް ނުދޭ. ނަމަވެސް ބައެއް ނޫސްވެރިންނަށް ވަނީ ފުރުސަތު ދީފައި.

00:12 ރިޔާޒް ރަޝީދުވެސް ފުލުހުންގެ ބެލުމުގެ ދަށުގައި. ނޫސްވެރިން ވަނީ އެކަހެރިކޮށްފައި

00:09 މިހާރު ވެސް ދޭތެރެ ދޭތެރެއިން މީހުން ހައްޔަރު އެބަކުރޭ.

00:05 އުމަރު ނަސީރުގެ މޫނަށް ޕެޕާ ސްޕްރޭ ޖަހައިފި. އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދޮށުގައި. ބައެއް އިސްލީޑަރު ޖަންކްޝަން ކަންމައްޗަށް ނުކުމެއްޖެ

00:05 ޖަންކްޝަން ކަންމައްޗަށް އެއްވެވޭތޯ އަނެއްކާވެސް މަސައްކަތް ފަށައިފި

00:01 މުޒަހަރާ ހުއްޓައިލުމުގެ ރޫހެއް ނުފެނޭ. މީހުން ގިނަވަމުން އާދޭ. ކުޅި ބަލާ މީހުން ވެސް ވަނީ ގިނަ. ފުލުހުން ހަމަ މަޑުކޮށްލައިގެން ތިބީ

23:53 ނޫސްވެެރިން ބުނަނީ މިރޭ އެއް ގޮތަކަށް ވެސް ނޫސްވެރިންނަށް ބަލައިނުލާ ކަމަށް. މިރޭ ބޭރުގެ އެއްވެސް މީޑިޔާއެއް ނުފެނޭ. މުޒާހަރާގެ ބައިވެރިން މިވަގުތު އޮތީ މަޖީދީ މަގު ކެމްޕަސް ކުރިމަތީގައި. ހަމަނުޖެހުމެއް ނުހިނގާ، މަންޒަރު ފެންނަނީ ހިމޭންކޮށް

23:53 މިހާރު މުޒާހަޜާގެ ވަނީ ވަރަށް ބޮޑަށް ރޫޅިފައި. އެކި ދިމާތަކަށް ބެހިފައިވާއިރު އެއްބަޔަކު ތިބީ މަޖީދީ މަގު އަރަބިއްޔާ ކައިރީގައި. އެ ސަރަހައްދު ވަނީ ފުލުހުން ބަންދުކޮށްފައި.

23:50 ފުލުހުން އަދިވެސް މަސައްކަތް ކުރަމުން ދަނީ މުޒާހަރާ ރޫޅައިލުމަށް. ބައެއް ދިމަ ދިމާއިން ސަފުތައް ވަރުގަދަކޮށް ސަރަހައްދު ސާފު ކުރަމުން އެބަދޭ.

23:46 މުޒާހަޜާ ހިސާބަކަށް ބައިބަޔަށް ބެހިއްޖެ. ބައެއް މީހުން މަސައްކަތްކުރަނީ މުލިއާގެ ކައިރިއަށްދާން. އަނެއް ބަޔަކު އުޅެނީ ޖަންކްޝަން ސަރަހައްދަށް ދާން. އަދިވެސް ބޮޑު މައްސަލައަކަށްވެފައި ވަނީ ނޫސްވެރިންނަށް ހުރަސް އެޅުން.

23:42 މިރޭވެސް ވަރަށް ގިނަ މީހުން ހައްޔަރުކޮފި، އަދިވެސް މީހުން ހައްޔަރު އެބަކުރޭ.

23:41 ފުލުުންގެ ނޫސްވެރިންނަށް ހުރަސް އަޅާތީ ނޫސްވެރިން ވަނީ ހިތްހަމަ ނުޖެހިފައި.

23:39 ބައެއް މީހުން ހައްޔަރު ކުރަނީ. ފުލުހުން މުޒާހަރާގެ ބައިވެރިން ފަހާ ދުވަނީ. މީޑިއާގެ ބައެއް ނޫސްވެރިންނަށް ވެސް ހަމަލާ އެބަދޭ. މުޒާހަރާ ރޫޅައިލާނެ ކަމަށް އަންގާ އިންޒާރު އެބަކުރޭ

23:32 ބައެއް ފުލުހުންނަށް އަނިވެއްޖެ ކަމަށްވެސް ހަބަރުތައް ލިބޭ. ނޫސްވެރިން ފަހަތަށް ޖައްސަމުން ދަނީ. މިހާރު މުޒާހަރާ އޮތީ މޫކައި ހޮޓަލާ ހަމައިގައި

23:32 މުޒާހަރައިގެ ބައިވެރިން ފަހަތައް ޖައްސަމުން މޫކައު ހޮޓަލާ ހަމަ އަށް ޖައްސައި، ފުލުހުން މުޒާހަރައިގެ ބައިވެރިން ފަހަމުން އެބަދޭ.

23:28 ފުލުހުންނާއި މުޒާހަރާގެ ބައިވެރިން ކުރިމަތިލުން ތަކެއް ހިނގަ މުން އެބަދޭ. ފުލުހުން އެސަރަހައްދު ދޫކޮށް ދިއުމަައް މުޒާހަރައިގެ ބައިވެރިންއަށް އެބަ އިންޒާރުދޭ.

23:23 އިސްލާމިކް ބޭންކްއާއި ހަމައިން ރަޔަޓު ފުލުހުން ވަނީ މަގު ބަންދު ކޮއްފައި.

23:22 މަޖީދިޔާ ސްކޫލް ކައިރިން މުޒާހަރައިގެ ބައިވެރިން ކުރިޔަށް އެބަދޭ.

23:19 އެހެން ރޭރެއެކޭ އެއް ގޮތަށް އެ އަދަދަށް މީހުން އެބަތިބި

23:19 މިހާރު މަސައްކަތް މިކުރަނީ، ޖަންކްޝަން ކަންމައްޗަށް ދިއުމަށް، މިހާރު އޮތީ ސްރީލަންކަން އެއާލައިންސް އާ ހަމާގައި. ގިނަ އަދަދެއްގެ މީހުން މިހާރު މަގުމަތިން ވެސް މުޒާހަރާގެ ތެރެއަށް އެބަދޭ. ޝުއޫރު ފާޅު ކުރަމުން ދަތުރުކުރަނީ

23:16 މުޒާރާގެ ބައިވެރިން މަގަށް ނުކުމެއްޖެ. ދަތުރު ކުރަމުންދަނީ ބޮޑުތަކުރުފާނު މަގުން ނަސަންދުރައާވީ ކޮޅަށް

23:08 މުޒާހަރާ ކުރަން ނުކުތް މީހުން ވާހަކަ ދައްކާލަ ތިބެނީ. މަގަށް ނުކުންނާކަށް ނޫޅޭ، އެކަމަކު ދާނެ ކަމަށް ބުނޭ. ދިދަ ހޫރުވާނެ ކަމަށްވެސް ބުނޭ. މި ސަރަހައްދުގައި ތިބި ފުލުހުންގެ ތެރެއިން ގިނަ އަދަދެއްގެ ފުލުހުން ވެސް ނައްޓާލައިފި

22:38 މުޒާހަރާގައި މާ ބޮޑު ހަރަކާތެއް ނެތް. އާޓިފިޝަލް ބީޗުގައި ތިބީ މިވަގުތު ވާހަކަ ދައްކަވަނީ މަހްލޫފް، މަގުމައްޗަށް ނުކުތުމަށް އަދި އެއްވެސް ވަރަކަށް މަސައްކަތެއް ނުކުރޭ

22:23 ޑީއާރްޕީގެ އިސް މެމްބަރުން ގެންދަވަނީ ވާހަކަދައްކަވަމުން. މުޒާހަރާގެ ބައިވެރިން ދަނީ އިތުރުވަމުން.

22:07 މުޒާހަރާކުރާ މީހުންނަށް މަޖީދީ މަގަށް ނޭރޭނެ ގޮތަށް ފުލުހުންގެ ސަފެއް ވަނީ އެމަގު ބަންދުކޮށްފަ. ވަރަށް ގިނަ އަދަދެއްގެ އާދައިގެ ޔުނިފޯމްގައި ތިބި ފުލުހުން އެބަތިބި. ރައަޓް ގިއަރުގައި ވެސް ފުލުހުން އެބައުޅޭ

21:54 އަދި ތިބީ އާޓިފިޝަލް ބީޗުގައި. މިރޭވެސް އަމާޒު ހިފާފައި ވަނީ ޖަންކްޝަން ކަންމައްޗަށް ދިއުމަށް.
"މިރޭވެސް އެ ސަރަހައްދުގައި ދިދަ ނަގާނަން،" މުޒާހަރާގެ ބައިވެރިއަކު ބުންޏެވެ. މިރޭ ގެ މޫސުމް ހުރި ގޮތުންނާއި މީގެ އިރުކޮޅެއް ކުރިން ވާރޭ ވެހުމުގެ ސަބަބުން އެހެން ރޭރޭއާ އަޅާ ބަލާއިރު މީހުން އެހާ ގިނައެއް ނޫނެވެ.

ތަކެތީގެ އަގު ބޮޑު ކަމަށް ބުނެ ވެރިރަށް މާލޭގައި ސިލްސިލާކޮށް ކުރިޔަށް ގެންދާ މުޒާހަރާތަކުގެ ހަތްވަނަ ރޭ، އަށް ވަނަ މުޒާހަރާ ދެންމެ ފަށައިފި އެވެ. އެހާ ގިނަ މީހުންނެއް ނެތެވެ. މިރޭގެ މުޒާހަރާ އެހާ ގިނައިރު ކުރިޔަށް ނުގެންދާނެ ކަމަށް އިސް ބައެއް ފަރާތްތަކުން ބުނެ އެވެ.