ސްވިޑަންގެ ހާރިޖީ ވަޒީރު މާގޮޓް ވޮލް ސްޓްރޮމް ރާއްޖެއަށް ކުރެއްވި އެއް ދުވަހު ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.

ފޮރިންގް މިނިސްޓްރީގެ މީޑިއާ އޮފިޝަލު ވިދާޅުވީ ސްވިޑަންގެ ހާރިޖީ ވަޒީ ރާއްޖެ ވަޑައިގަތީ އިއްޔެ ހަވީރުގެ ވަގުތެއްގައި ކަމަށާއި މިއަދު ހެނދުނު ފުރާވަޑައިގެންފައިވާ ކަމަށެވެ. މާގޮޓްގެ ދަތުރުފުޅުގައި ރާއްޖޭގެ ފޮރިންގް މިނިސްޓަރު ދުންޔާ މައުމޫނާއި ރޭގެ ވަގުތެއްގައި ބައްދަލުކުރައްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

މާގިޓްގެ ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅަކަށް ވިޔަސް ދަތުރުފުޅުގައި ދެކެވުނު ވާހަކަތަކާ ބެހޭ ގޮތުން ފޮރިންގް މިނިސްޓްރީ އިން އަދި އެއްވެސް އެއްޗެއް ހާމައެއް ނުކުރެ އެވެ. އަދި ދަތުރުފުޅުގެ ބޭނުމަކީ ކޮބައިކަމެއް ވެސް ނުބުނެ އެވެ.

މާގޮޓް ވޮލް ރޭ ކުރެއްވި ޓުވީޓެއްގައި ފޮރިންގް މިނިސްޓަރު ދުންޔާއާ އެކު ރޭގަނޑުގެ ފަރިއްކޮޅަކަށް އިންސާފުކުރައްވާ ކަމަށް ވިދާޅުވެ ވަނީ ފޮޓޯއެއް އާންމުކުރައްވާފަ އެވެ.

މާގޮޓް ވޮލް ސްޓްރޮމް މިއަދު ހެނދުނު ފުރާވަޑައިގެންފައިވާ އިރު އެއާޕޯޓުން އޭނާ އަށް އަލްވަދާއު ވިދާޅުވީ ފޮރިން ސެކެޓްރީ ޑރ. އަލީ ނަސީރެވެ.