24 Apr 2016, 10:02
ޝޯޓް މެސެޖު ސާވިސް ނުވަތަ އެސްއެމްއެސްއަކީ ޓެލެފޯން ނެޓްވޯކް އޮޕަރޭޓާ މެދުވެރިކޮށް، ކޮންމެ މޯބައިލް ފޯނަކުން ވެސް ބޭނުންކުރެވޭ ޚިދުމަތެކެވެ. މިއީ އެންމެ ކުރީއްސުރެ އަހަރެމެން މެސެޖު ފޮނުވަން ބޭނުންކުރި ޚިދުމަތެވެ.
އެހެން ނަމަވެސް މިހާރު ޒަމާން ބަދަލުވެފައިވާ އިރު، އަހަރެމެން މި "ކޮންވެންޝަނަލް" އެސްއެމްއެސް އިން މި ވަނީ އިންޓަނެޓަށް ބަރޯސާ ވެފަ އެވެ. 3ޖީ އާއި 4ޖީގެ އިތުރުން ވައިފައި ބޭނުން ކުރުން މި ވަނީ އިތުރު ވެފަ އެވެ.
ނިމިދިޔަ 2015 ވަނަ އަހަރު، ފޭސްބުކް އާއި ފޭސްބުކްގެ އެޕްއެއް ކަމުގައިވާ ވަޓްސްއެޕް މެދުވެރިކޮށް ދުވާލަކު 60 ބިލިއަން މެސެޖު ފޮނުވާކަން ފޭސްބުކް އިން ހާމަ ކުރި އެވެ.
އެހެން ނަމަވެސް، އެސްއެމްއެސް ފޮނުވާފައި ވަނީ 23 ބިލިއަން ފަހަރު އެވެ.
ގިނަ މީހުން މެސެޖުން މުއާމަލާތް ކުރުމަށް ބޭނުންކުރަނީ، އިންޓަނެޓުގެ ޒަރިއްޔާ އިން ބޭނުންކުރާ ވަޓްސްއެޕް، ފޭސްބުކް މެސެންޖާ އަދި ވައިބާ ފަދަ މެސެޖިންގް އެޕް ތަކެވެ. އެސްއެމްއެސް ބޭނުންކުރަނީ ހަމައެކަނި ޓީވީޝޯތަކަށާއި މޯލްޑިވިއަން އައިޑަލްއަށް މެސެޖު ކުރަން އެކަނި ކަމަށް ވެސް ވެދާނެ އެވެ.
ކޮންމެއަކަސް، ޓެސްކްޓް މެސެޖު ކުރުމަކީ ބައެއް ފަހަރު އަގުބޮޑު ކަމަކަށްވެ އެވެ. އަދި މޯބައިން ސިގްނަލެއް ވެސް ބޭނުންވެ އެވެ. އަދި ގްރޫޕު ޗެޓާއި ފައިލް ޝެއާ ކުރުން ފަދަ ފީޗާތަކެއް ނުހުރެ އެވެ.
އެހެންކަމުން، އޭގެ މައްޗަށް ގިނަ މީހުންގެ ޗޮއިސްއަކަށް ވަނީ، މޯބައިލް ނެޓްވޯކެއް ނެތަސް ވައިފައިގެ ޒަރިއްޔާ އިން ވެސް ބޭނުންކުރެވޭ މެސެޖިންގް އެޕްތަކެވެ. އިންޓަނެޓުގެ ޚިދުމަތް ލިބެނިކޮށް، އިތުރު ފައިސާއެއް ޚަރަދު ކުރަން ޖެހޭތީ، މިއީ އަގުހެޔޮ ވެސް ގޮތެވެ.
މަސްދަރު: ޓެލެގްރާފް