23 Apr 2016, 21:10
ސްވެޑެންގެ ފޮރިން މިނިސްޓަރު މާގޯވް ވޯލްސްޓްރޮމް ރާއްޖެ ވަޑައިގެންފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ އެކަމަނާ މިއަދު ރާއްޖެއަށް ފެއްޓެވި ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއް ކަމަށެވެ.
ނަމަވެސް އެދަތުރުފުޅުގެ ތަފްސީލެއް ހާމައެއްނުކުރެއެވެ.
ސްވެޑެންގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންފައިވާއިރު ދާދިފަހަކުން ވަނީ ރާއްޖޭގައި ހަލަބޮލިވެފައިވާ ސިޔާސީ މަސްރަހަށް "ފިނިކަމެއް" ގެނެސްދިނުމަށް މަސައްކަތް ކުރެއްވުމަށް، އދ.ގެ ޕޮލިޓިކަލް އެފެއާޒް ޑިޕާޓްމެންޓުގެ ސީނިއާ އެޑްވައިޒާ ޓަމްރަޓް ސެމިއުލް ރާއްޖެ ވަޑައިގެންފައެވެ.